އަލިފުށީ ސްކޫލުގެ 55 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލައިފި
އަލިފުށީ ސްކޫލަށް 55 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ސްކޫލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފިއެވެ. އަލިފުށީ ސްކޫލުގެ އަހަރީ ދުވަހަކީ ޖޫން މަހުގެ ދެވަނަ ދުވަހެވެ.
ހަތަރު ދުވަހަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު ފަސް ހަރަކާތެކެވެ.

އެންމެ ފުރަތަމަ ގެންދިޔައީ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި އަހަރީ ލޯގޯ ކުރެހުމުގެ މުބާރާތެކެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ލޯގޯ ހޮވައި އިނާމް ވަނީ އެ ދަރިވަރުންނަށް ދީފައެވެ. އަހަރީ ދުވަހުގެ ހަރަކާތްތަކުގައި ބޭނުން ކުރީ އެއްވަނައަށް ދިޔަ ލޯގޯއެވެ.

ދެވަނަ ހަރަކާތެއްގެ ގޮތުން ހުރިހާ ކުދިންނަށް، ހަށިހެޔޮކަމަށް އިސްކަންދީގެން ކުޅިވަރުގެ ހަރަކާއްތައް ހިމެނޭ ހަރަކާތެއް އަލިފުށީ ބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔައެވެ. އެފަދަ ހަރަކާތެއް ޓީޗަރުންނާއި ބެލެނިވެރިންނަށް ވެސް ކުރިއަށް ގެންދިޔައެވެ.
އަލިފުށީ ސްކޫލަށް 55 އަހަރު ފުރުމުން ބޭއްވި ޚާއްޞަ އެސަމްބްލީ ބޭއްވީ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. އެސަމްބްލީގައި އެ ސްކޫލަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތައް ވެސް ބައިވެރިވިއެވެ.
އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލީ އަހަރީ ދުވުމުންނެވެ. އަށް މިނެޓްތެރޭގައި ދުވުމުން ނިންމި ހުރިހާ އެންމެންނަށް ވެސް ޚާއްޞަ މެޑަލެއް ވަނީ ދީފައެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކުގައި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނާއި ބެލެނިވެރިންގެ ފަރާތުން ދިން އެއްބާރުލުމަށް އަލިފުށީ ސްކޫލުން ޝުކުރުއަދާކުރެއެވެ.
advertisment
ހިޔާލު