ކިއު ސްޓަޑީގެ މަތީ ތަޢުލީމުގެ އެކްސްޕޯ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު

ކިއު ސްޓަޑީގެ ފަރާތުން ރާއްޖޭގައި މިހާތަނަށް ބާއްވާ، މަތީ ތައުލީމުގެ އެންމެ ބޮޑު އެކްސްޕޯ މި ޖޫން މަހު 7 ވާ ހުކުރު އަދި 8 ވާ ހޮނިހިރު ދުވަހު މާލޭގައި ބާއްވަން ވަނީ ނިންމާފައެވެ. މި އެކްސްޕޯގައި މެލޭޝިއާގެ 20 އަށް ވުރެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވެއެވެ. މި އެކްސްޕޯ ކުރިއަށް ދާނީ މީރުމާ އިވެންޓް ހޯލްގައި ހަވީރު 5 އިން ރޭގަނޑު 10 އަށެވެ. މި މިއެކްސްޕޯގައި، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ލިބެން ހުރި މަތީ ތައުލީމުގެ ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މެލޭޝިޔާގެ 40 އަށް ވުރެ ގިނަ ޕަބްލިކް އަދި ޕްރައިވެޓް ޔުނިވަރސިޓީތަކާ އެކު ޕާރޓްނަރޝިޕް އޮންނައިރު، ކިއު ސްޓަޑީ މޯލްޑިވްސް ވެގެންދާނީ މެލޭޝިޔާގެ އެންމެ ގިނަ ޔުނިވަރސީޓީތަކާއެކު ރަސްމީ ޕާރޓްނަރޝިޕް އޮންނަ ހަމައެކަނި ރާއްޖޭގެ ފަރާތަށެވެ. މަތީ ތަޢުލީމުގެ ކޮންސެލްޓަންޓް ޚިދުމަތް ރާއްޖޭގައި ދޭ ފަރާތެކެވެ. ރާއްޖޭގެ ދަރިވަރުން މަތީތައުލީމު ހާސިލްކުރުމަށް ކުރާ ދަތުރުގައި ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާ ކިއު ސްޓަޑީ ގެ އެއް އަމާޒު އަދި މަގުސަދަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ދަރިވަރުންނަށް ހުރި ފުރުސަތުތައް އެ ކުދިންނަށް ކިޔައިދީ، މަގު ދައްކައިދިނުމެވެ. ޚާއްސަކޮށް މެލޭޝިއާއަށް ކިޔަވަންދާ ދަރިވަރުންނަށް ކިއު ސްޓަޑީއިން އެތައް ގިނަ ޚިދުމަތްތަކަކާއި އެހީތެރިކަން އެއްވެސް އަގަކާނުލާ ފޯރުކޮށްދެ އެވެ. ދަރިވަރުންގެ ވިސާގެ ކަންތަކުން ފެށިގެން އެކޮމޮޑޭޝަން އާއި ކިޔަވަން ގޮސް އުޅުމުގެ ތެރޭ ދިމާވާ އެހެން ކަންތައްތަކުގައި ވެސް ދިވެހި ދަރިވަރުންނަށް އެ ކުންފުނިން އެހީތެރިކަން ދެއެވެ.

ދަރިވަރުންގެ އަތު އިތުރު އަގަކާ ނުލާ ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

ޔުނިވާސިޓީތަކުން ޕްލޭސްމަންޓް ހޯދައިދިނުން، ވިސާ ހަމަޖައްސައިދިނުން، ލޯން އެޕްލިކޭޝަންފުރަން އެހީތެރިވެދިނުން، ބަޖެޓު ހަދައިދިނުން، އެކޮމޮޑޭޝަން ހަމަޖައްސައިދިނުމުގައި އެހީތެރިވެ ދިނުން، ޓިކެޓު ބުކް ކުރުން، މާސްޓާސް އާއި ޕީއެޗުޑީ ދަރިވަރުންނަށް ޑިޕެންޑެންޓް ވިސާ (އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިން)، ކިޔަވަން ގޮސް އުޅުމުގައި އެއްވެސް ކަމަކަށް އެހީތެރިކަން ބޭނުންވެއްޖެ ނަމަ އެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ޖުމްލަކޮށް ބެލެނިވެރިފަރާތެއްގެ ގޮތުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ކިޔަވަމުން ދާ ދުވަސްވަރުގައި ކިޔު ސްޓަޑީން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ކިއު ސްޓަޑީ މެދުވެރިވެގެން، ޔުނަވަރސިޓީތަކުގައި އެންރޯލްވާ ދަރިވަރުންނަށް "ކޭޝްބެކް" ގެ ގޮތުގައި ފައިސާ ގެ ހަދިޔާ ނުވަތަ ހިލޭ އެއްކޮޅު ޓިކެޓް ލިބިގެންދާނެއެވެ.

ކިޔު ސްޓަޑީގެ ހެޑް އޮފީސް މެލޭޝިޔާގައި ހުންނައިރު ރީޖަނަލް އޮފީސްތައް މާލޭގެ އިތުރުން އެހެން ޤައުމުތަކުގައިވެސް ހުރެއެވެ. މާލޭ އޮފީހަށް ޒިޔާރަތްކޮށް، މަތީ ތައުލީމުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު އޮޅުންފިލުވުމާއި، ބޭރަށް ކިޔަވަން ފުރާއިރު ބޭނުންވާ އެހީތެރިކަމެއް އޮތްނަމަ އެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮވެ އެވެ. އެ މިޚިދުމަތް 7/24 ގައި ކިއުސްޓަޑީއިން ފޯރުކޮށްދެއެވެ. މެލޭޝިއާގެ ކިއުސްޓަޑީގެ މައި އޮފީހަކީ، ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމަށް ދާ އެ ގައުމުގައި އުޅޭ ދަރިވަރުން ގައުމުން ބޭރުގައި އުޅޭއިރު ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދޭ އޮފީހެކެވެ.

ކިޔު ސްޓަޑީ އިން މިފަހަރު ކުރިއަށް ގެންދާ އެކްސްޕޯގެ ތެރެއިން ޔުނިވަރސިޓީތަކަށް އެޕްލައި ކުރަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ. އަދި ޝަރުތު ހަމަވާ ދަރިވރުންނަށް ވަގުތުން އޮފަރ ލެޓަރވެސް ލިބިގެން ދާނެއެވެ. މި އެކްސްޕޯ ވެގެންދާނީ އޭ-ލެވެލް އަދި އޯ-ލެވެލް ދަރިވަރުންގެ އިތުރުން ސަރުކާރުން ދޫކުރާ މަތީ ތައުލީމު ލޯނަށް ކުރިމަތިލާފައިވާ ދަރިވަރުންނަށާއި، ރައީސް އެވޯޑް އަދި ހައިއެޗީވާރސް ދަރިވަރުންނަށް މެލޭޝިއާގެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން ޖާގަ ހޯދަން ރަނުގެ ފުރުސަތަކަށެވެ. ކިއު ސްޓްޑީ މޯލްޑީވްސްގެ ފަރާތުން މިހާރުވެސް 300 އަށް ވުރެ ގިނަ ދަރިވަރުން މެލޭޝިޔާގައި ތަޢުލީމު ޙާސިލްކުރަމުންދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *