އާބާތުރަ ފިލުވަން ކުރިއަށް ގެންދާ މަސައްކަތުގައި ހުޅުދެލީ ސްކޫލުގެ މުވައްޒަފުންނާއެކު އެރަށުގައި ތިބޭ ފުލުހުން ބައިވެރިވެއްޖެއެވެ.
ސްކޫލްގެ ބައެއް ސަރަހައްދު ތަކުގައި ލާފައިވާ ދަވާދާއި ކުލަ ކަހައި ސާފުކޮށް، ކުލައާއި ދަވާދު މިހާރު ވަނީ ލާފައެވެ. އެ މަސައްކަތުގައި ފުލުހުން ދިން އެހީތެރިކަމާއި އެއްބާރުލުމަށް ހުޅުދެލީ ސްކޫލުން ވަނީ ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ.
ފުޅުދެލީ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު އާމިރު ދަރިވަރު ނޫހަށް ވިދާޅުވީ، ހުޅުދެއްޔަށް ފުލުހުންގެ ޚިދުމަތް ދިނުމަށް ފުލުހުންގެ ޕޯސްޓެއް ޤާއިމް ކުރީ ދާދި ފަހުން ކަމަށާއި ސްކޫލުން ބޭނުންވާ ހުރިހާ ކަމެއްގައި ފުލުހުންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
އާމިރު ވިދާޅުވީ، ސްކޫލުން ބޭނުންވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
" ފުލުހުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އެކި ކަންކަމުގައި ލިބެމުން ދަނި. އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް. އަދި ލުޔެއް" އާމިރު ވިދާޅުވިއެވެ.
ޕްރީ ސްކޫލް އުމުރު ފުރައިން ފެށިގެން ގުރޭޑް 10އާ ހަމައަށް ހުޅުދެލީ ސްކޫލުގައި ކިޔަވައިދެއެވެ.
advertisment
ހިޔާލު