ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލުތަކެއް އޭސީ ކުރުމަށް ކުރިއަށް ގެންދާ " ކޫލް ސްކޫލް" ޕްރޮޖެކްޓް އިފުތިތާޙުކޮށްފިއެވެ.
މިއަދު ހެނދުނު މާފުށީ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާޙުކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ.
ވަޒީރު ވިދާޅުވީ، " ކޫލް ސްކޫލް ޕްރޮޖެކްޓް ފެށީ ހަމައެކަނި ފިނިކުރުމަކުން ނިންމާލަން" ނޫން ކަމަށެވެ.
" ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ. އުފާވެރިކަން އިހުސާސްވާނެ. ފިނިކަމާއެކުގައި ދަރުވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ. ހިތް އުފާވާނެ. ބުލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނޯންނާނެ" ކޫލް ސްކޫލުގެ މަފުހޫމް ހާމަކޮށް ދެއްވަމުން ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ " ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާންވާނީ ،ކުދިންނަކީ ރަށަށް، ޤައުމަށް އަދި އެކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާކުރުވަނިވި ފިލާވަޅުތަކަކާއި ތަރުބިއްޔަތު ތަކެއް، ކާމިޔާބު ކާމިޔާބު އިންސާނުން އުފެއްދުމަށް ލިބެން ޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލް ވެށި ވެގެން ދިއުން" ކަމަށެވެ.
ވަޒީރު ވިދާޅުވީ، ކޫލް ޕްރޮޖެކްޓް ކުރިއަށްދާއިރު، ކަރަންޓްގެ ޚަރަދު އިތުރުވާނީ މިހާރަށްވުރެ 38 އިންސައްތަ ކަމަށާއި އޭގެ ތެރެއިން 30 އިންސައްތަ ބިނާވާނީ ސޯލާއިނާޖީއަށް ކަމަށެވެ. ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ވެސް އެގޮތަށް ފަރުމާކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
" ކޫލް ސްކޫލް" ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާ އެކުގައެވެ. މާފުށީ ސްކޫލުގެ ކުލާސް ރޫމްތަކާއި ހޯލުގައި އޭސީ ހަރުކޮށްދެނީ އެރަށު ކައުންސިލުންނެވެ. 79 އޭސީ އެ ސްކޫލުގައި ހަރުކުރާއިރު، އެކަމަށް މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް މާފުށީ ކައުންސިލުން ބުނެއެވެ.
މާފުށީ ކައުންސިލުގެ ރައީސް ހަސަން ސަލާހު ވިދާޅުވީ، އޭސީ ހަރުކުރުމުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް އެކީގައި ނިންމާލެވޭނެ ކަމަށެވެ.
advertisment
ހިޔާލު