އެމްއެންޔޫއެސްޔޫގެ ބަހުސް މުބާރާތް: ޗެމްޕިއަންކަން އެސްއެމް އަށް، އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް އައިޝް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ސްކޫލް އޮފް މެޑިސިންއިން ހޯދައިފިއެވެ.

ދިވެހިބަސް އިތުރަށް ދިރުވައި އާލާކުރެވޭނީ މަދަރުސާތަކަށެވެ. މި މަޢުޟޫއަށް ކުރިއަށް ގެންދިޔަ ފައިނަލް ބަހުސުގައި ސްކޫލް އޮފް މެޑިސިންގ ވާދަކުރީ ފެކަލްޓީ އޮފް ޝަރީޢާއިން ލޯއާއެވެ. ރޭ ކުރިއަށް ގެންދިޔަ ފައިލަނުން ސްކޫލް އޮފް މެޑިސިންއިން 964 ޕޮއިންޓް ހޯދިއެވެ. ދެވަނައަށް ދިޔަ ފެކަލްޓީ އޮފް ޝަރީޢާއިން ލޯއަށް ހޯދުނީ 760 ޕޮއިންޓެވެ. ފައިނަލް ބަހުސުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ ސްކޫލް އޮފް މެޑިސިންގެ އަނޫފް އަބްދުﷲއެވެ.

މި މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ ފެކަލްޓީ އޮފް ޝަރީޢާއިން ލޯގެ މުޙައްމަދު އައިޝް މުސްތަފާއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ބަހުސްކުރުންތެރިން:

  • އިސްމާޢީލް ރަޒީން ޢިމްރާން – ފެކަލްޓީ އޮފް ޝަރީޢާއިން ލޯ
  • މުޙައްމަދު ޢަޔާޝް ޢަލީ – ސްކޫލް އޮފް މެޑިސިން
  • އަޙްމަދު ޝާބިން- ސްކޫލް އޮފް މެޑިސިން
  • އަނޫފް އަބްދުﷲ – ސްކޫލް އޮފް މެޑިސިން
  • މުޙައްމަދު އައިޝް މުސްތަފާ- ފެކަލްޓީ އޮފް ޝަރީޢާއިން ލޯ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *