ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން ބާއްވާ ބަހުސް މުބާރާތުގެ ފައިނަލް މާދަމާރޭ އޮންނާނެއެވެ. ފައިނަލުގައި ވާދަކުރަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާއިން ލޯ (އެފްއެސްއެލް)އާއި ސްކޫލް މެޑިސިން (އެސްއެމް)އެވެ. މާދަމާ ރޭ 8:30 ގައި ކުރިއަށް ގެންދާ ބަހުސުގެ މަޢުޟޫއަކީ ދިވެހިބަސް އިތުރަށް ދިރުވައި އާލާކުރެވޭނީ މަދަރުސާތަކަށެވެ. މި މަޢުޟޫއާ އެއްކޮޅަށް ވާހަކަ ދައްކާނީ އެފްއެސްއެލް އިންނެވެ. ދެކޮޅަށް ވާހަކަ ދައްކާނީ އެސްއެމްއެވެ.
އެސްއެމް ފައިނަލަށް ދިޔައީ ސެމީގައި ފެކަލްޓީ އޮފް އާރޓްސްއާ ވާދަކޮށް 864 ޕޮއިންޓް ހޯދައިގެންނެވެ. ފެކަލްޓީ އޮފް އާޓްސްއަށް ލިބުނީ 632 ޕޮއިންޓެވެ. ފުރަތަމަ ސެމީގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ އެސްއެމްގެ އަޙްމަދު ޝާބިންއެވެ.
އެފްއެސްއެލް ފައިނަލަށް ދިޔައީ ސެމީގައި ފެކަލްޓީ އޮފް އެޑިޔުކޭޝަންއާ ވާދަކޮށް 868 ޕޮއިންޓް ހޯދައިގެންނެވެ. ފެކަލްޓީ އޮފް އެޑިޔުކޭޝަންއަށް ލިބުނީ 635 ޕޮއިންޓެވެ. ދެވަނަ ސެމީގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ އެފްއެސްއެލްގެ މުޙައްމަދު އައިޝް މުސްތަފާއެވެ.
މި މުބާރާތުގައި ނު ޓީމެއް މި ފަހަރު ވާދަކުރިއެވެ. މިއީ މި މުބާރާތް ބާއްވާ 11 ވަނަ އަހަރެވެ.
advertisment
ހިޔާލު