ޗުއްޓީ ނިމި، މުދައްރިސުންނަށް ސްކޫލްތަކުން ހޫނު މަރުޙަބާއެއް

ޗުއްޓީ ނިމި، ދިރާސީ އާ އަހަރަށް ތައްޔާރުވާން މުދައްރިސުން ސްކޫލްތަކަށް އިއްޔެ ނުކުމެއްޖެއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ.

މުދައްރިސުން ސްކޫލްތަކަށް ނުކުތުމުން، ސްކޫލްތަކުގެ މެނޭޖްމަންޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ބައެއް ސްކޫލްތަކުން މަރުޙަބާކީ ފިނިފެންމަލުންނެވެ. އަނެއްބައި ސްކޫލްތަކުން މުދައްރިސުންނަށް ޚާއްޞަ ހަދިޔާއެއް ހަދިޔާކުރިއެވެ. އަދި ހެނދުނު ނާސްތާ ވެސް ކުރިއަށް ގެންދިޔާއި މުދައްރިސުންނާ އެކީގައެވެ.

ސްކޫލްތަކުގައި، އިއްޔެއާއި މިއަދު ކުރިއަށް ދާނީ ކިޔެވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމާއި މުދައްރިސުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ޚާއްޞަ ސެޝަންތަކެވެ. މިއީ ދިރާސީ އާ އަހަރެއް ފަށާއިރު ގިނަ ސްކޫލްތަކުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. މީގެ ތެރޭގައި މުދައްރިސުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމަށް ކުރިއަށްދާ ހަރަކާތްތައް ވެސް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *