އޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީ ތަކުގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުން އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި

އޭޝިއަން އިސްލާމިކް ޔުނިވަރސިޓީސް އެސޯސިއޭޝަން (އޭއައިޔޫއޭ) ގެ އަހަރީ ބައްދަލުވުން އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ފަށާނެއެވެ.

އެ ޖަމިއްޔާގެ މެމްބަރެއްގެ ހައިސިއްޔަތުން މި ބައްދަލުވުން އިންތިޒާމް ކުރަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. ރާއްޖޭގައި ބާއްވަނީ އެ ޖަމިއްޔާގެ 14 ވަނަ އަހަރީ ބައްދަލުވުމެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، ރިސަރޗް އެންޑް އިނޮވެޝަން ޑރ. ވިޝާލް މޫސާ ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި އިއްޔެ ވިދާޅުވީ، އޭއައިޔޫއޭގެ އަހަރީ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް މެމްބަރުން ހޮވުމާއި ހިންގުމާ ގުޅޭ ކަންތައްތައް ނިންމާނެ ކަމަށެވެ.

އޭއައިޔޫއޭގެ އަހަރީ ބައްދަލުވުމުގައި މި ފަހަރު ބައިވެރިވަނީ ރާއްޖޭގެ އިތުރުން މެލޭޝިއާއާއި އިންޑޮނީޝިއާއި ބުރޫނާއީގެ އިތުރުން ތައިލެންޑުގެ ޔުނިވަރސިޓީތަކުންނެވެ.

ޑރ. ވިޝާލް ވިދާޅުވީ، ދެ ދަންފަޅިއަކަށް ބަހާލައިގެން އެ ދުވަހުގެ ހަރަކާތް ކުރިއަށްދާއިރު، ފުރަތަމަ ދަންފަޅީގައި ކުރިއަށް ގެންދާނީ ތައުލީމުގައި ދާއިރާގައި ޝާމިލުކޮށްގެން އުނގަންނައިދިނުމަށް ހުރި ދަތިތަކާއި އެކަމަށް ހުރި ފަހި ކަންތައްތަކުގެ މައްޗަށް ކުރިއަށް ގެންދާ އިންޓަރނޭޝަނަލް ސެމިނަރއެއް ކަމަށެވެ.

އެ ސެމިނަރގައި ރާއްޖެއިން ބޭރުން 60 ބޭފުޅުން ތަފާތު ޔުނިވަރސިޓިތަކުން ބައިވެރިވެ ވަޑައިގަންނަވާއިރު، އަށް ކަރުދާހެއް އެބޭފުޅުން ހުށަހަޅުއްވައި އެއަށް މަޝްވަރާ ކުރައްވާނެ ކަމަށް ޑރ. ވިޝާލް ވިދާޅުވިއެވެ.

ވިޝާލް ވިދާޅުވީ، މެންދުރުފަހު ބާއްވާ ދެވަނަ ދަންފަޅީގައި ކުރިއަށް ގެންދާނީ އެ ޖަމިއްޔާގެ އަހަރީ ބައްދަލުވުން ކަމަށާއި އޭގެ ފަހުން ޔުނިވަރސިޓީތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ ގޮތުން އެމްއޯޔޫތަކެއްގައި ސޮއިކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އޭއައިޔޫއޭއެމްގެ މެމްބަރުންގެ ގޮތުގައި މަތީ ތަޢުލީމް ފޯރުކޮށްދޭ 80އަށްވުރެ ގިނަ މުއައްސަސާ ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *