ދިރާސީ އާ އަހަރު އެންމެ އިސްކަމެއް ދޭނީ މުދައްރިސުން ތަމްރީނު ކުރުމާއި ސަރުކާރުގެ ސްކޫލްތައް އޭސީ ކުރަން: ތަޢުލީމީ ވަޒީރު
ދިރާސީ އާ އަހަރު އެންމެ އިސްކަމެއް ދޭނީ މުދައްރިސުން ތަމްރީނު ކުރުމާއި ސަރުކާރުގެ ސްކޫލްތައް އޭސީ ކުރަން ކަމަށް ތަޢުލީމީ ވަޒީރު، ޑރ އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ފޭސްބުކުގައި ވަޒީރު ލިޔުއްވާފައިވާ ގޮޔުގައި، ﷲގެ ވާގިފުޅާއެކު މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއްވަނީ ރޭވިފައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މުދައްރިސުން ތަމްރީނު ކުރުމުގެ ފޮރޮގްރާމެއް ފައްޓަވާނެ ކަމަށާއި
އެ ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނަނެ ކަމަށެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓެއް ދިރާސީ އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ" އިރާދަކުރެއްވިއްޔާ، 2 އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކޮށް ނިންމާނަން" ކަމަށެވެ. " ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރާނަން. إن شاء الله " ވަޒީރު ވިދާޅުވެފައިވެއެވެ.
advertisment
ހިޔާލު