ވިލާ ހައި ސްކޫލުގެ 6 ދަރިވަރުން، ސީއެޗްއެސްއީގެ 6 ދަރިވަރުން، އަޙްމަދިއްޔާގެ 4 ދަރިވަރުން
2022-2023 ވަނަ އަހަރު ގުރޭޑް 12 ނިންމާ، މަތީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ މަޤާމް 16 ދަރިވަރުން ހޯދައިފިއެވެ. 2021-2022 ވަނަ އަހަރު ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނީ 17 ދަރިވަރުންނެވެ.
އެއްވަނައިގައި ހިމެނުނު 15 ދަރިވަރުންގެ ތެރޭގައި ހިމެނެނީ ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ހަ ދަރިވަރުންނާއި ސީއެޗްއެސްއީގެ ހަ ދަރިވަރުންގެ އިތުރުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރުންނެވެ.
2022 ވަނަ އަހަރަށް ބަލާއިރު، ސީއެޗްއެސްއީގެ 10 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނެވެ. އަދި އަޙްމަދިއްޔާގެ ތިން ދަރިވަރުންނާއި ވިލާ ހައި ސްކޫލުގެ ދަރިވަރަކު ވެސް ހިމެނުނެވެ. ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ޖުމްލަ ކުދިންގެ އަދަދެއް އެޑިޔުކޭޝަން މިނިސްޓްރީން ހާމައެއް އަދި ނުކުރެއެވެ. އެއްވަނައަށް ދިޔަ ދަރިވަރުންގެ އަދަދު ބަލާފައި ވަނީ ދަރިވަރު ނޫހަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް މިހާތަނަށް ކަށަވަރު ކުރެވިފައިވާ އަދަދެއެވެ. އެ އަދަދަށް ބަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި ދަރިވަރުން:
ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލް:
- އަޙްމަދު ޒާހު ވަދީފު
- އައިޝަތު ޖަނާން އަޙްމަދު
- އައިޝަތު ލީސާ ސައީދު
- މައިހާ ހަސަން މުޙައްމަދު
- ރަޔާން އަޙްމަދު އަލީ
- ތީބާ އަލީ ޝަފީޢު

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން
- އަބްދުއްﷲ ޒަޔާން ޒުހުރީ
- އަލީ ސަޢުދާން ޝާހީން
- ޙަސަން ބަނީން ސަރޫފު
- މުޙައްމަދު އަބާން
- މުޙައްމަދު ލޫޠު އިބްރާހިމް ޒިޔާއު
- މުޙައްމަދު ޝާމިޚް ޝަފީޤު

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
- އަބްދުﷲ ފިރުޒާން އަޙްމަދު
- ލަޔާން މުޙައްމަދު ރަޝީދު
- ރަޒާން އިބްރާހިމް ރަޝީދު
- ޔުމްނު ޔަމަން އަލީ

2021-2022ވަނަ ދިރާސީ އަހަރު ދިވެހިރާއްޖޭގައި 2849 ދަރިވަރުން މަތީ ޘާނަވީ އިމްތިޙާން ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރެއިން 445 ދަރިވަރަކު މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދިއެވެ. ވަކިވަކި މާއްދާއިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 20 ދަރިވަރަކު ހޯދާފައިވެއެވެ.
މަތީ އަރުތަވެރިންގެ ކާމިޔާބީ ފާހަގަކޮށް ހަނދާނީ ފިލާ އެރުވުމަށް ޚާއްޞަ ހަފުލާއެއް ކޮންމެ އަހަރަކުވެސް ބާއްވައެވެ. ޤައުމީ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންނާއި ދުނިޔޭގެ ރޭންކިންގ ގައި ރާއްޖޭގެ ދަރިވަރުން ހޯދާ ވަނަތަކަށް އެ ރަސްމިއްޔާތުގައި އިނާމުދެއެވެ.
މަތީ ސާނަވީން އެއްވަނައަށް އަންނަ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބެއެވެ. ބޭނުން ޤައުމަކުން މަތީ ތަޢުލީމު ހާޞިލް ކުރުމުގެ ފުރުޞަތު އެކުދިންނަށް ލިބެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ، މަތީ ސާނަވީން ދަރިވަރުން ހޯދަމުންދާ ނަތީޖާ ފާއިތުވި އަހަރު ތަކުގައި މަތިވެފައިވާ ކަމަށެވެ. 2018 ވަނަ އަހަރު ސީ ފާހުން ފެށިގެން އޭ ސްޓަރ ލިބުނު ދަރިވަރުންގެ ނިސްބަތަކީ 56 އިންސައްތައެވެ. އެ އަދަދު 2021-2022 ވަނަ އަހަރު ވަނީ 73.9 އިންސައްތައަށް މަތިވެފައެވެ. 2018 ވަނަ އަހަރު މަތީ ސާނަވީގެ ގަދަ ދިހައެއްގައި 226 ދަރިވަރުން ހިމެނުނުއިރު، 2021-2022 ވަނަ އަހަރު އެ އަދަދު ވަނީ 445އަށް އިތުރުވެފައެވެ.
advertisment
ހިޔާލު