ބައިކް މޯލްޑިވްސްގެ އަހަރީ ދަތުރު މި އަހަރު އޮތީ މާލެ އަތޮޅުގެ ތުލުސްދޫއާއި ހިންމަފުށީގައެވެ.
ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އަސްމާ ހަސަން ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، ބައިކް މޯލްޑިވްސްގެ 3 ރަށަށް މިކުރާ ބައިކް ދަތުރުގެ ބޭނުމަކީ، ބައިސިކަލް ދުއްވާ ކުދިން އެކުގައި އުޅުމުގެ ފުރުސަތު ހޯދާ ދިނުމާއި އެކު، އެހެނިހެން މުޖުތަމައުގެ މީހުންނާއި ގުޅުން ބަދަހިކޮށް، ބައިސްކަލު ދުއްވުމުގެ ރިވެތި އާދަ އަށަގެންންވުމުގައި އެމީހުން ބައިވެރިކޮށް އެކަމުގެ ހޭލުންތެރިކަން އުފެއްދުމެވެ.
މި ދަތުރު ފެށީ މިއަދު ހެނދުނުއެވެ.

20 ކުދިން ހިމެނޭހެން 40 މީހުން ބައިވެރިވާ މި ދަތުރުގައި ފުރަތަމަ ދިޔައީ ތުލުސްދޫއަށެވެ. އޭގެ ފަހުން ހުރައަށާއި ހިންމަފުއްޓަށް ދާނެއެވެ.
ބައިކް މޯލްޑިވްސްއިން ބުނީ، އަހަރަކު އެއްފަހަރު ބާއްވާ އެ ހަރަކާތަށް ކުދިންނާއި މެމްބަރުން އިންތިޒާރު ކުރާ މަށެވެ.

މިދިޔަ އަހަރު މި ހަރަކާތް ކުރިއަށް ގެންދިޔައީ ކްރޮސްރޯޑްގައާއި ކުޑަގިރީގައެވެ.
މި ހަރަކާތް މި ފަހަރު ބާއްވާ ތިން ރަށުގެ ކައުންސިލުން ދީފައިވާ އެއްބާރު ލުމާ އެހީތެރިކަން ފާހަގަ ކޮށް އެފަރާތަށް ބައިކް މޯލްޑިވްސްގެ ފަރާތުން ޝުކުރު އަދާކުރެއެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެމް ޓީ ސީ ސީ އިން ދީފައިވާ އެހީތެރިކަން ފާހަގަކުރެއެވެ.
advertisment
ހިޔާލު