މާފުށީ ޕްރީސްކޫލް- އެންމެން ގުޅިގެން ހިންގާ ނަމޫނާ ސްކޫލެއް

ކ. މާފުށީގައި ހުންނަ މާފުށީ ޕްރީ ސްކޫލަކީ ސެންޓަރ ފޯ ލަރނިންގް އެންޑް އެކަޑެމިކް ސަޕޯޓް (ކްލާސް) ގެ ފަރާތުން ހިންގާ ޕްރީސްކޫލެކެވެ. އަމިއްލަ ފަރާތަކުން މި ސްކޫލް ހިންގަން ހަވާލުކުރީ އެ ރަށު ކައުންސިލުގެ ފަރާތުންނެވެ. ބޭނުމަކީ ޕްރީ ސްކޫލް އުމުރުފުރައިގެ ކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ފޯރުކޮށްދިނުމެވެ. މި ޔަޤީންކަމުގައި އެ ސްކޫލް، ކުލާސް އިން ހިންގަމުން ގެންދާތާ މިހާރު ތިން އަހަރު ވީއެވެ.

މާފުށީ ޕްރީ ސްކޫލުގައި ކިޔަވާ އެ ރަށުގެ ކޮންމެ ކުއްޖަކަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ކައުންސިލުން ފަހިކޮށްދީފައިވެއެވެ. ފާއިތުވި އަހަރު އެ ސްކޫލުގައި ކިޔެވި 64 ދަރިވަރުންގެ ތެރެއިން 60 ދަރިވަރުންނަކީ މާފުއްޓަށް ނިސްބަތްވާ ކުދިންނެވެ. ހަތަރު ކުދިންނަކީ ރަށުން ބޭރު ކުދިންނެވެ.

މާފުށީގައި ރަށްވެހިވެފައިވާ ކުދިންނަށް ހިލޭ ކިޔެވުމުގެ އިންތިޒާމް ކައުންސިލުން ހަމަޖައްސައިދިނުމަކީ އެއީ

މިއީ މާފުށީގެ ޕްރީސްކޫލުބެލެނިވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމެކެވެ. ވަކި އުސޫލެއްގެ ދަށުން ކައުންސިލްގެ ފަރާތުން ދަރިވަރުންކިޔެވުމަށް ބޭނުންވާކަންކަމަށް ހަރަދުކުރެއްވުމަށް ނިންމެވީ ކައުންސިލްގެފަރާތުން މާފުށީގެ ތައުލީމަށް ދޭ އިސްކަމެއްގެ ގޮތުން ކަމަށް ޕްރީ ސްކޫލް ހިންގާ ކުލާސް އިން ފާހަގަކުރެއެވެ.

މާފުށީ ޕްރީ ސްކޫލުގައި ނާސަރީގެ އިތުރުން ބޭބީ ނާސަރީއަށް ވެސް ކިޔަވައިދެއެވެ.

މާފުށީ ޕްރީސްކޫލަކީ އެކިއެކިތަފާތު ހަރަކާތްތައް ދަރިވަރުންނަށްޓަކައި ހިންގާސްކޫލެކެވެ. އޭގެ ތެރެއިން ކުޅިވަރުގެ ހަރަކާތްތަކާއި، އެކަޑަމިކް ހަރަކާތްތަކާއި ހާއްސަ ދުވަސްތައް ފާހަގަކުރުމާއި މުބާރާތްތައް ކުރިޔަށްގެންދިޔުން ހިމެނެއެވެ.

ޒަމާނިތައުލީމް ދަރިވަރުންނަށް ހޯދައިދެއްވުމަށް މާފުށީ ޕްރީސްކޫލުން ހާއްސަ ސަމާލުކަމެއް ދެއެވެ. ދަރިވަރުންނަށް ހިންގޭ އެކިއެކި ސެންސަރީ ޕްލޭގެ ގޮތުގައި ކުކިންގ ޑޭ، ވޯޓަރ ޑޭ، ފާމް ޑޭ ، ސެންސަރީ ޕްލޭ ޑޭ، ޕެއިންޓިން ޑޭ ހިމެނެއެވެ. މީގެ އިތުރުން އިން ކްލާސް ކޮންމެ ތީމްއަކާއި ގުޅުވައިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ.

މާފުށީ ޕްރީ ސްކޫލް ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ހެޑް އޮފް ސްކޫލް ޝީޒާ ހަސަން ވިދާޅުވީ، މާފުށީ ޕްރީސްކޫލު ކުރިއަށްދިއުމުގެ އަސްލަކީ ސްކޫލުގެ މެނޭޖްމެންޓް އަދި މުއައްޒަފުންގެ ބުރަމަސައްކަތާއި ޕީޓީއޭގެ ފުރިހަމަ އެއްބާރުލުމެވެ. އަދި ޚާއްޞަކޮށް މާފުށީ ކައުންސިލުން ދޭ އެއްބާރުލުމާއި އެހީތެރިކަމެވެ. ހަމަ އެއާއި އެކު ސްކޫލުގެ އެކިއެކި ކަންކަމުގައި މާފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން ވެދެއްވާ އެހީތެރިކަމެވެ.

 

" މިއީ އެންމެން ގުޅިގެން ހިންގާ ނަމޫނާ ސްކޫލެއް" ޝީޒާ ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބެލެނިވެރިންގެ އިތުބާރު ހޯއްދަވާފައިވާ އެ ސްކޫލުގައި އެންމެ އިސްކަން ދެއްވަނީ ދަރިވަރުންނާ ލޯތްބާއި އޯގާތެރިކަމާއެކު މުއާމަލާތް ކުރުމަށެވެ. ކޮންމެ ދަރިވަރަކީ ވެސް މުދައްރިސުންގެލޯބި ލިބިގެން ސްކޫލުގައި އުޅޭނެ ކުއްޖެއްކަން ޔަގީންކުރުމަށެވެ. އެގޮތުން ކޮންމެ ދަރިވަރެއްގެ ހިތުގައި ވެސް އެދަރިވަރެއްގެ މުދައްރިސުންނާ ދޭތެރޭ، ވަަރަށް ހާއްސަގުޅުމެއް އުފެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *