އިމާދުއްދީނުގެ ސްކައުޓުން އއ. އޭއީސީއަށް 300 ފޮތް ހަދިޔާކޮށްފި

އިމާދުއްދީން ސްކޫލުގެ ސްކައުޓުން ހިންގި " ބުކް ޑޮނޭޝަން" ހަރަކާތުން ލިބުނު 311 ފޮތް އއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހަދިޔާ ކޮށްފިއެވެ.

މިއީ އިމާދުއްދީނުގެ ސްކައުޓުން ފުރިހަމަ ކުރަންޖެހޭ ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސީނާ ލަތީފު ދަރިވަރު ނޫހަށް ވިދާޅުވީ، " ބުކް ޑޮނޭޝަން"ގައި ސްކައުޓުންނަށް އެހީވުމުގެ ގޮތުން އެ ސްކޫލުގެ ޔުނީފޯމް ބޯޑީސްތަކުގެ ދަރިވަރުން ބައިވެރިވި ކަމަށެވެ.

" މިއީ ސްކައުޓުންގެ އަހަރީ ކަލަންޑަރުގައި ހިމަނައިގެން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއް. މިކަމުގައި އެހެން ދަރިވަރުން ސްކައުޓުންނަށް އެހީތެރިކަން ފޯރުކޮށްދިނީ" ސީނާ ވިދާޅުވިއެވެ.

ސީނާ ވިދާޅުވީ، އއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ފޮތް ހަދިޔާ ކުރީ، ސްކައުޓުން އެފަދަ ހަރަކާތެއް ހިންގާތީ، އެ ސްކޫލުން އެކަމަށް އެދުމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *