މާލޭގެ ސްކޫލްތަކަށް ވަންނަން ހުށަހެޅި 3740 ދަރިވަރުންގެ ތެރޭގައި އަތޮޅުތެރޭގެ ސްކޫލްތަކުގެ 790ދަރިވަރުން
މިމަހު 26ގައި ފަށާ ދިރާސީ އާ އަހަރުގައި، މާލޭގެ ސްކޫލްތަކަށް ވަންނަން މިހާތަނަށް 3740 ދަރިވަރުން ފޯމް ހުށަހަޅާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، މާލޭގެ ސްކޫލްތަކަށް ކުދިން ވައްދަން ފޯމް ހުށަހަޅެމަށް ދީފައިވާ މުއްދަތު އަންނަ އަންގާރާ ދުވަހުގެ 14:00އަށް ހަމަވާނެ ކަމަށާއި މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކަށް ވަންނަން އެދި 5190 ދަރިވަރުން ފޯމް ހުށައަޅާފައިވާ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ދިރާސީ އަ އަހަރު މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކަށް ވަންނަން މިއަދާ ހަމައަށް 2290 ފޯމް ހުށަހަޅާފައިވާ ކަމަށާއި 1450 ފޯމް ހުށަހަޅާފައި ވަނީ ގުރޭޑް އެކެއް ފިޔަވައި އެހެން ގުރޭޑްތަކަށް ވަންނާށެވެ. އެއީ އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން ހުށަހެޅި 790 ދަރިވަރުންނާއި މާލޭގެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް ހުށަހެޅި 660 ދަރިވަރުންނެވެ.
މި އަދަދަށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.
މިދިޔަ ދިރާސީ އަހަރުގެ ކިޔެވުން ފެށިއިރު މާލޭގެ ސްކޫލްތަކުން 5100 ދަރިވަރުންނަށް ޖާގަ ދީފައިވެއެވެ. އަދި މާލޭގެ ސްކޫލްތަކުން ކިޔެވުމަށް އަތޮޅުތެރޭގެ ސްކޫލްތަކުގެ 550 ދަރިވަރުންނަށް ޖާގަ ދީފައިވެއެވެ.
advertisment
ހިޔާލު