މޭނާ ސްކޫލާއި ހއ. އޭއީސީއަށް ޕްރިންސިޕަލުން ހޯދަނީ

ނ. ހޮޅުދޫގައި ހުންނަ މޭނާ ސްކޫލަށާއި ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒަށް ޕްރިންސިޕަލުން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފިއެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޕްރިންސިޕަލަކު ހޯދަނީ އެ ސްކޫލުގައި އެންމެ ފަހުން ހުންނެވި ޕްރިންސިޕަލް އިސްތިއުފާ ދެއްވުމުންނެވެ. މޭނާ ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ އެ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ޝަހީމް ބިލަބޮންގ ސްކޫލަށް ބަދަލުވެ ވަޑައިގެންނެވުމުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން، ވަކިވަކިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މި ދެ ސްކޫލުގެ ޕްރިންސިލުން ނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ އަށް ވަނަ ދުވަހުގެ 1:30އަށް ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ.

ރޭންކް 1ގެ ޕްރިންސިޕަލެއްގެ މުސާރައަކީ 16،647 ރުފިޔާއެވެ. މަޤާމުގެ އެލަވަންސްގެ ގޮތުގައި 9،534 ރުފިޔާގެ އިތުރުން ހާޒިރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 258 ރުފިޔާ ލިބެއެވެ. ރޭންކް 2ގެ ޕްރިންސިޕަލަކަށް ލިބިވަޑައިގަންނަވަނީ 17،985 ރުފިޔާއެވެ. މަޤާމުގެ އެލަވަންސްގެ ގޮތުގައި 10،300 ރުފިޔާގެ އިތުރުން ހާޒިރީ އެލަވަންސްއަކަށް 279 ރުފިޔާ ލިބެއެވެ.

ކުރިމަތިލާ ފަރާތްތަކުގެ ޤާބިލްކަން ވަޒަން ކުރުމަށް ބަލާނެ ކަންތައްތައް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވާ ގޮތުން، މަޤާމުގެ އަސާސީ ޝަރުޠު ތަކުގެ ތެރެއިން ރޭންކް 1ގެ ޝަރުޠު ހަމަވާނަމަ 25 އިންސައްތަ ލިބެއެވެ. ރޭންކް 2 ގެ ޝަރުޠު ހަމަވާނަމަ 30 އިންސައްތަ ލިބެއެވެ. ތަޖުރިބާގެ މުއްދަތަށް ފަސް އިންސައްތަ، އިންޓަވިއުއަށް 40 އިންސައްތަ އަދި ޕްރެކްޓިކަލްއަށް ކަނޑައަޅާފައި ވަނީ 20 އިންސައްތައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *