ވިލާ ކޮލެޖުގައި ޗައިނީޒް ލެންގުއޭޖް ޑޭ ފާހަގަކޮށްފި

ވިލާ ކޮލެޖުގައި ޗައިނީޒް ލެންގުއޭޖް ޑޭ ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ވަނީ ޗައިނާގެ ސަގާފީ ހުށަހެޅުންތައް ހުށަހަޅާފައެވެ. އަދި ކެލިގްރަފީ ހުށަހެޅުމެއްގެ އިތުރުން ވިލާ ކޮލެޖުގައި ގާއިމްކޮށްފައިވާ ޗައިނީޒް ލެންގޫއޭޖް ލާނިންގ ސެންޓަރުގެ ލާނިން އައުޓްކަމްސް އަދި ބައެއް ސަގާފީ ތަކެތި ދައްކާލުން ވެސް އެގްޒިބިޝަންގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލީ ޒިން، ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ދިވެހީ ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، އާދަމް ނަސީރުގެ އިތުރުން އެހެން ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި، ވިލާ ކޮލެޖުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވިލާ ކޮލެޖުގައި ގާއިމްކޮށްފައިވާ ޗައިނީޒް ލެންގޫއޭޖް ލާނިންގ ސެންޓަރުން ޗައިނީޒް ބަހުގެ އިތުރުން އެގައުމުގެ ތާރީހާއި ސަގާފަތާއި އާދަކަދަތައް އުނގަންނައިދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *