އަޖިއަލް އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން ފަށަނީ

ރާއްޖޭގެ ސްކޫލެއްގައި ޤާއިމްކުރާ އެންމެ ފުރިހަމަ ވަޞީލަތާއެކުގައި ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މެއި މަހުގެ 26 ވަނަ ދުވަހު ފަށާއިރު، ރާއްޖޭގައި އަލަށް ފަށާ އަޖިއަލް އިންޓަނޭޝަނަލް ކިޔެވުން ވެސް ފަށާނެއެވެ.


އަލްޖެރީ ހޯލްޑިންގ އިން ހިންގާ މި ސްކޫލަކީ އަރަބި އަދި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލެކެވެ. މި ސްކޫލް ހުންނަނީ ހުޅުމާލޭ ފޭސް 1 ގެ އައިރާ ޓަވަރުގެ ފުރަގަހުގައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން މި ސްކޫލުގެ ކިޔެވުން ކުރިއަށްގެންދަން ރާވާފައިވާއިރު، އަންނަ ދިރާސީ އަހަރު ކިޔަވައިދެނީ ޕްރީ ސްކޫލާއި އަދި ޕްރައިމަރީ ގްރޭޑް 1 ން 3 އަށެވެ. މި ގްރޭޑްތަކަށް ކުދިން ވައްދަން މިހާރު ވަނީ ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން އިތުރު ގުރޭޑްތައް އުފައްދާއިރު، އޭލެވެލްއާ ހަމައަށް މި ސްކޫލުގައި 1200 އެއްހާ ދަރިވަރުންނަށް ކިޔަވައިދޭނެއެވެ.

އަޖިއަލް އިންޓަނޭޝަނަލް ސްކޫލުގެ ފީތައް:

1. ޕްރީ ސްކޫލުން ފެށިގެން ކިންޑަގާޑަން: 5،083ރ.

2- ގްރޭޑް1 އިން ގްރޭޑް3އށް: 6333ރ.

އަޖިއަލް އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވައިދޭން ތައްޔާރު ވަމުން އަންނައިރު، މިއީ ރާއްޖޭގެ ސްކޫލެއްގައި މިހާތަނަށް އެންމެ ގިނަ ވަޞީލަތް ޤާއިމްކޮށްގެން ކިޔަވައިދޭ ސްކޫލަށް މި ސްކޫލް ވާނެއެވެ. 21 ޤަރުނަށް ބޭނުންވާ ތަޢުލީމުގެ ގިނަ ވަޞީލަތްތައް މި ސްކޫލުގައި ޤާއިމްކޮށްފައިވެއެވެ.

މީގެތޭރޭގައި ސްމާޓް ބޯޑް ހިމެނޭ ކްލާސްތަކާއި، ޒަމާނީ ލެބޯޓަރީއާއި، އޮޑިޓޯރިއަމްއާއި، ޓެރެސްގައި ކުޅޭ ދަނޑަކާއި، ޒަމާނީ ސިއްޙީ ނިޒާމާއި، ނަމާދުކުރާ ކޮޓަރިތަކާއި، ގްރައުންޑް ކުޅިވަރު ޖާގައާއި ، ޒަމާނީ ކަރިކިއުލަމާއި ، ފެންވަރު ރަނގަޅު ޓީޗަރުން ހިމެނެއެވެ.

އަދި މީގެއިތުރުން ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް ގާއިމް ކުރި ސްވިމިން ޕޫލްވެސް މި ސްކޫލުގައި ޤާއިމްކޮށްފައިވެއެވެ. އަދި ޓީޗަރުންނަށް ޚާއްޞަ ރިސޯސަސް ރޫމްތަކާއި ދަރިވަރުންގެ ދުޅަހެޔޮކަމަށް ބޭނުންވާ ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވެސް މި ސްކޫލުގައި ހަމަޖައްސާފައިވެއެވެ.

މިސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އިތުރު ޓިއުޝަނަށް ބެލެނިވެރިން ޚަރަދުނުކޮށް ހެޔޮތަޢުލީމެއް ހޯދައިދިނުމަކީ ސްކޫލުގެ މުހިންމު އަމާޒެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *