ދިރާސީ އަހަރެއް ނިންމައި ދަރިވަރުން ބޮޑު ޗުއްޓީއަށް

ދިރާސީ އަހަރެއް ނިންމައި އަހަރުގެ ބޮޑުޗުއްޓީ މިއަދު ފަށައިފިއެވެ. ހުރިހާ ސްކޫލެއްގައި ވެސް މިއަދު ވަނީ ރިޕޯޓް ފޯމްދީފައެވެ. މިއީ އަހަރުގެ މެދުތެރޭގައި ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނެ ފަހަރެވެ. އަންނަ އަހަރުގެ ބޮޑުޗުއްޓީ ދިމާވަނި ރޯދަމަހާއެވެ. އަންނަ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ބޮޑުޗުއްޓީ ލިބެނީ މާރޗް 6ން އެޕްރީލް 3އަށެވެ.

25 ދުވަހުގެ ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

ނިމުނު ދިރާސީ އަހަރު، 84،200 އަށްވުރެ ގިނަ ދަރިވަރުން ގުރޭޑް 12އާ ހަމައަށް ކިޔަވަމުން ދިޔައެވެ. އޭގެ ތެރޭގައި ސަރުކާރުގެ 216 ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރުން ހިމެނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރިން އާންމު ކުރި މައުލޫމާތަށް ބަލާއިރު، ރާއްޖޭގައި ކިޔަވައިދޭން ތިބީ 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *