ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދެނީ

މި އަހަރުގެ ވެސް ޝަރުޠު ހަމަބާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ދޭން ސަރުކާރުން ނިންމައިފިއެވެ. ހުރިހާ ދަރިވަރުންނަށް ލޯނު ދޭނެކަން އިއުލާން ކުރެއްވީ ވަޒީރުންނާ ސުވާލު ކުރެއްވުމަށް މިރޭ ކުރިއަށް ގެންދިޔަ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ދެއްވި ޖަވާބުގައެވެ.

އެކަމަނާ ވިދާޅުވީ، ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާއިރު ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ވެސް އަންނަ ބުރާސްފަތި ދުވަހުގެ 1:30އަށް ވަނީ އިތުރުކޮށްފައެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން މި އަހަރު ލޯނު ދޭން ހުޅުވާލީ،  500 ޖާގައަށެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލިއެވެ. ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުޞަތު ހުޅުވާލާ އެފަރާތްތަކުގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް މިނިސްޓްރީ ކަނޑައަޅާ ޚަރަދެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމަށް ފުރުޞަތު މި ލޯނުގެ ފުރުޞަތުގެ ތެރެއިން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނަށް އެދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފަވެއެވެ.

ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރަރއިން ތަމްރީނު ކުރުމަށް ޕީއެޗްޑީ ލެވަލްއަށް ކިޔެވުމަށް ވެސް ލޯން ދޭން ދެއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ، މިގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނަށް ހޮވުނު ފަރާތުން އިޚުތިޔާރުކުރާ އިޢުލާންކުރި ޤައުމަކާއި ކިޔަވަންދާ ޤައުމަކާއި އަޅާކިޔައި ޚަރަދު ކުޑަ ޤައުމެއްގެ ރޭޓުންނެވެ. މިއަހަރުގެ ލޯނު ސްކީމް އިޢުލާންކޮށްފައި ވަނީ އެޑްމިނިސްޓްރޭޓިވް ޗާރޖް ގެ ގޮތުގައި %1 ހިމެނޭހެންނެވެ.

މިދިޔަ އަހަރުވެސް 500 ޖާގައަށް ހުޅުވާލި ލޯން ސްކީމަށް ކުރިމަތިލައި ޝަރުޠު ހަމަވި 1225 ދަރިވަރުންނަށް ލޯން ހަމަޖައްސައިދިނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *