ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން އުފެއްދި ކުދި މަތިންދާ ބޯޓް އުދުއްސާލައިފި

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގުރޭޑް ހައެއްގެ ދަރިވަރުންނަށް ހިންގި އެއޮރޯ މޮޑެލިންގ ވޯކްޝޮޕަށްފަހު، ދަރިވަރުން އުފެއްދި އެއަރކްރާފްޓް ކުދި ބޯޓްތައް މިއަދު އުދުއްސާލައިފިއެވެ.

ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ އިންޑިޔާގެ ޝްރީއެޑިޔުކެއަރގެ އިސްނެގުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މިއި ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ވޯކްޝޮޕެވެ.

90 ދަރިވަރުން ބައިވެރިވި މި ވޯކްޝޮޕްގައި ތިޔަރީއާއި ޕްރެކްޓިކްސް ސެޝަންތަކެއް ކުރިއަށް ގެންދިޔައެވެ. ދަރިވަރުން ދަސްކުރީ ކުދި އެއަރކްރާފްޓް އެސަމްބަލް ކުރާނެ ގޮތާއި އެ އުދުއްސާނެ ގޮތެވެ. ކުދިން ދަސްކުރި އެއްޗެއްގެ އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން، ކުދިން އެސަމްބަލް ކުރި ބޯޓްތައް މޭލޭގެ ސިންތެޓިކް ދަނޑުގައި މިއަދު ވަނީ އުދުއްސާލާފައެވެ.

ޣިޔާޘުއްދީން ސްކޫލުން ބުނި ގޮތުގައި އެއިރޯ މޮޑެލިންގ ވޯކްޝޮޕުން އޭވިއޭޝަންގެ ދާއިރާއިން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށާއި ކުދިންގެ ފަރާތުން ވެސް ފެނުނީ އެ ދާއިރާއަށް އޮތް ޝައުޤުވެރިކަމެވެ.

ހިސާބައި ފިޒިކްސްއިން ދަރިވަރުން ދަސްކުރާ ބައިތައް ޕްރެކްޓިސްކޮށް ބޭނުން ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެން ދިޔަ ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *