ދިރިއުޅުމުގެ ރޭހުގައި ކާމިޔާބު ދަރިވަރަކަށް ވުމަށް މިސްކިތްތައް ފަޅުނުކޮށް ސަފުތައް ފުރާލަންޖެހޭ ކަމަށް އއ. އަތޮޅު މަދަރުސާގެ ޕުރިންސިފަލް ފާތިމަތު ސައުސަން ވިދާޅުވެއްޖެއެވެ.
ކިޔަވާ ކުދިންނާ މުޙާޠަބުކުރައްވައި ސައުސަން ވިދާޅުވީ، ކިޔަވާ ކުދިންގެ މުސްތަޤުބަލް ފެންނަނީ ވަރަށް ވެސް އުފާވެރިކޮށް ކަމަށާއި ދަރިވަރުން ދެކޭ އުއްމީދުތަކަށް ކުލަ ގެނައުމަށްޓަކައި ވިސްނާލަން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ.
ދިރިއުޅުމުގެ ރޭހުގައި ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އުޞްލޫބުތަކެއް ހުންނަ ކަމަށާއި އިސްލާމީ އަޤީދާއިން ބިންގާ އެޅުމަކީ ދިރިއުޅުން ހަރުދަނާވެގެންދާނެ އެންމެ މުހިންމު ރުކުން ކަމަށެވެ. ބިންގާ ހަރުދަނާ ކުރުމަށްޓަކައި ހުރިހާ ދަރިވަރުން ނަމާދަށް ރައްކާތެރިވެ ﷲއާ އޮންނަ ގުޅުން ވަރުގަދަކުރުން މުހިންމު ކަމަށް ޝައުޝަން ވިދާޅުވިއެވެ.
" މިސްކިތްތައް ފަޅުނުކޮށް ފަސްވަގުތު މިސްކިތްތަކުގެ ސަފުތައް ފުރާލުމަކީ ކުރާ ކަންތައްތަކުގައި ބަރަކާތް އިތުރުވެގެންދާނެ ސަބަބެއް. އެއާ ޚިލާފަށް މި ބިންގާ ހަރުދަނާ ނުވެއްޖެނަމަ މީގެ އެދެވޭ ނަތީޖާ ނުނުކުނާނެ"
އިލްމާއި ހުނަރަކީ ކަންކަން އީޖާދުކޮށް ހަމަމަގަށް އަޅުވަން ކޮންމެހެން ބޭނުންވާ މާއްދާއެއްކަން ބަޔާން ކުރައްވައި ހަރުދަނާ ސަޙްޝިއްޔަތެއް އަށަގެންނެވުމަށް އިލްމްގެ ފޮނިމޭވާއިން ފައިދާ ލިބިގަންނަން ޖެހޭ ކަމަށް އޭނާ ޝައުޝަން ވިދާޅުވިއެވެ.

ކަމެއް ކުރުމަށްޓަކައި ރަނގަޅު ގޮތެއް ނިންމަން، އޭގައި މަރުހަލާތަކަކާއި ހަރުފަތްތަކެއް އެކުލެވިގެންވާކަން ބަޔާން ކުރައްވައި ސައުސަން ވިދާޅުވީ، ކަންކަން ހޯދާ ބަލާ ރަނގަޅު މައުލޫމާތު އެއްކުރުމާއި ކުރަން ބޭނުންވެގެން އުޅޭ ކަމަކާ ގުޅުން ހުރި އެހެނިހެން ކަންކަން ދެނެގަނެ ވަޒަން ކުރުން މުހިންމު ކަމަށެވެ. އަދި ކުރަން ބޭނުންވާ ކަމެއް ކުރަން ނިންމާ ނިންމުގެ ސަބަބުން ދެން ނުކުމެދާނެ ނަތީޖާތަކާ މެދު ވެސް ވިސްނާލަން ޖެހޭނެ ކަމަށެވެ.
ސައުސަން އެދިވަޑައިގަތީ ކޮންމެ ދަރިވަރަކީ ވެސް އަމިއްލަ ވަންތަކަމާއި ދިވެހި ޤައުމިއްޔަތު ބިނާކުރާ ލީޑަރަކަށް ވުމަށް މަސައްކަތް ކުރުމަށެވެ. މިއާ ގުޅުން ހުރި މިސާލެއްގެ ގޮތުގައި އޭނާ ހިއްސާކުރެއްވީ ޕްރިންސިޕަލުންނަށް ހިންގި ކެޕޭސިޓީ ބިލްޑިންގ ޕްރާމެއްގައި ބައިވެރިވާން މެލޭޝިޔާއަށް ކުރި ދަތުރުގައި އެ ޤައުމުގެ ސްކޫލަކަށް ކުރި ޒިޔާރަތެއްގެ ވާހަކައެވެ.
" ފާއިތުވި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕްރިންސިޕަލުން ބައިވެރިވެގެން މެލޭޝިޔާގައި ބޭއްވި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް މި ދަތުރުގައި މެލޭޝިޔާގެ އެކިއެކި ސްކޫލްތަކަށް މިސްމެން ޒިޔާރަތްކުރިން. އޭގެ ތެރެއިން އެއް ސްކޫލަކީ އިންޑީޔާގެ ސްކޫލެއް. އެ ސްކޫލުގެ ގޯތިތެރެއަށް ފުރަތަމަ އެޅި ފިޔަވަޅާއެކު އިހުސާސްވި ކަންތައްތައް ހިތުގެ ފުންމިނަށް އަސަރުކުރި. ސްކޫލުގެ ދަރިވަރުން މެހުމާންދާރީ އަދާކުރީ އެހާވެސް ފުރިހަމައަށް. މިސްއަށް ހަޤީގަތުގައި އިހުސާސެއް ނުވި ހުރެވުނީ މެލޭޝިޔާގައިކަން ވެސް" ކިޔަވާ ކުދިންނާ މުޙާޠަބުކޮށް ސައުސަން ވިދާޅުވިއެވެ.
" އޭގެ އިރުކޮޅެއް ފަހުން އިންޑިޔާގެ ޤައުމީ ސަލާމުން މުޅި ހޯލު ގުގުމާލި. ޤައުމީ ސަލާމަށް އެ ދަރިވަރުން ދިނީ އިޚްތިރާމަކީ ޤައުމިއްޔަތަށް އެ ދަރިވަރުން ބޭރު ގައުމެއްގައި އުޅެމުން ވެސް ދެއްކެވި ހުއްބުލް ވަޠަންގެ ފުރިހަމަ މިސާލެއް. އެ ސްކޫލުގެ ޒީނަތާއި ހުށަހަޅައިދިން ސަޤާފީ ހަރަކާތުން ދައްކުވައިދިނީ ޤައުމިއްޔަތަށް ލޯބިވާ މިންވަރު. އެހެން ކަމުން ޤައުމިއްޔަތަށް ލޯބިކުރުމަކީ ހިތާ އަމަލުން ދައްކުވައިދޭ ކަމަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް"

ދިރިއުޅުމުގައި ކާމިޔާބު ދަރިވަރަކަށް ވުމަށް އިޖުތިމާއީ ގުޅުން ޤާއިމް ކުރުމަކީ ކަންކަން ކާމިޔާބު ވުމުގެ ވަރަށް ބޮޑު ސިއްރެއް ކަމަށާއި ރިވެތި ބަހުން ވާހަކަ ދެއްކުމަކީ އިޖުތިމާއީ ގުޅުން ހަރުދަނާ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށ ސައުސަން ވަނީ ކިޔަވާ ކުދިންނަށް ހަނދާންކޮށްދެއްވާފައެވެ. އިޖުތިމާއީ ގުޅުން ބަދަހިކުރުމަށްޓަކައި ބޮޑެތިމީހުންނަށް އިޙުތިރާމްކޮށް ކުޑަކުދިންނަށް އޯގާތެރިވުން ވަރަށް މުހިންމު ކަމަށާއި އާންމު ދިރިއުޅުމުގައި ވެސް ތިމާއަށްވުރެ އުމުރުން ދުވަސްވީ މީހުންނާ ވާހަކަ ދެއްކުމަކީ އަދަބު ތަކުގެ ތެރޭގައި ހިމެނޭ ކަމެކަން ވެސް އޭނާ ސައުސަން ފާހަގަކުރެއްވިއެވެ.
ސައުސަން ވިދާޅުވީ، ސްކޫލެއްގެ ކުރިއެރުމާއި ތަރަޤީ ގުޅި ލާމެހިފައި އޮންނަނީ ޓީޗަރުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންގެ އުޅުމާއި ގުޅުމުގެ މައްޗަށް ކަމަށާއި ފަހި މާހައުލެއް ބިނާބުކުރުމަށްޓަކައި ދަރިވަރުން ތަރުބިއްޔަތު ކުރާ ކޮންމެ ބަޔަކީ ވެސް ނަމޫނާ ދައްކާ ފަރާތްތަކަށް ވާންޖެހޭ ކަމަށެވެ.

" 21 ވަނަ ޤުރުނުގެ އޮއިވަރުތަކުން ދަރިން ސަލާމަތް ކުރުމަށްޓަކައި މުދައްރިސުންނާއި ބެލެނިވެރިންގެ ވިސްނުން ތޫނުކުރަން ޖެހޭ. މިހާރު ސްކޫލުތަކުގައި ގަނާގެ މައްސަލަތައް ވަރަށް ގިނަ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި ބެލެނިވެރިންގެ ދައުރު ވަރަށް ބެސް ބޮޑު. ކޮންމެ ކުއްޖަކީ އަޚްލާގު ރަނގަޅު ކުއްޖަކަށް ހެދުމަށް ގޭތެރޭގެ އަޅާލުން އިންތިހާއަށް ބޭނުންވޭ. އަދި މުދައްރިސުންގެ އިންގިލާބީ ވިސްނުންތައް މިކަމަށްޓަކައި ހުޅުވާލަންޖެހޭ" ސައުސަން ވިދާޅުވިއެވެ.
ހަރުދަނާ ރައްވެއްސެއް ބިނާކުރުމަށްޓަކައި ކައުންސިލްތަކުގެ ޒިންމާ ވެސް ވަރަށް ބޮޑުކަން ފާހަގަކުރައްވައި ސައުސަން ވިދާޅުވީ، ނުރަސްމީ ތައުލީމާއި ތަމްރީނުތައް ހިންގުމަށް ކައުންސިލްތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ. އޭގެތެރޭގައި ރަށުގެ ތައުލީމީ ހާލަތު ދެނެގަނެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ދާއިރާތަކާއި މީހުން ތަމްރީނުކުރަން ޖެހޭ ދާއިރާތައް ފާހަގަކުރުމާއި އަދި ތަޢުލީމީ ގޮތުން ހިންގިދާނެ ޕްރޮގްރާމްތަކެއް ފާހަގަކޮށް އެކަން ކުރިއަށް ގެންދިއުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު