ބޮޑުފޮޅުދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ޝައިޙާ

އއ. ބޮޑުފޮޅުދޫ ސްކޫލުން ފާއިތުވި 2022-2023 ވަނަ ދިރާސީ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ޢާއިޝަތު ޝައިހާ އާދަމް ނަޞީރު ހޯދައިފިއެވެ. އެއްވަނަ އަށް ދިޔަ ޝައިހާއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.

ބޮޑުފޮޅުދޫ ސްކޫލުގައި ބޭއްވި  މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެއްވަނައަށް އައި ދަރިވަރަށް އިނާމް ހަވާލުކޮށް ދެއްވީ، އއ. އަތޮޅު މަދަރުސާގެ ޕުރިންސިފަލް ފާތިމަތު ސައުސަންއެވެ.

ބޮޑުފޮޅުދޫ ސްކޫލުގެ ފެންވަރުގައި ފާހަގަކުރެވޭ މުހިންމު ވަނަތައް:

ސުކޫލު ފެންވަރުގައި އެއްވަނަ :

  • ޢާއިޝަތު ޝައިހާ އާދަމް ނަޞީރު
  • އަޙްމަދު އައިހަމް ޢާމިރު

ސުކޫލު ފެންވަރުގައި ދެވަނަ

  • އިބްރާހިމް ޚަލަފް

ސުކޫލު ފެންވަރުގައި ތިންވަނަ

  • ޙަސަން ޝާމް މުޙައްމަދު

ސުކޫލު ފެންވަރުގައި ހަތަރުވަނަ

  • ޙަސަން ޝާއިން
  • އާމިނަތު ޝަމްޙާ އަޙްމަދު

ގުރޭޑް 10އާ ހަމައަށް ކިޔަވައި ދެމުން އަންނަ ބޮޑު ފޮޅުދޫ ސްކޫލުގައި 200 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *