ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިތުރުކޮށްދީފިއެވެ.
ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު ހުޅުވާލި މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުޞަތު ހަމަވަނީ މިއަދުގެ 1:30 އަށެވެ. މުއްދަތު އިތުރުކުރީ އަންނަ މެއި މަހުގެ ދެ ވަނަ ދުވަހުގެ 1:30 އަށެވެ.
މި އަހަރު ހުޅުވާލި ލޯނު ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން 500 ފުރުޞަތަށެވެ.
މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލިއެވެ. ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުޞަތު ހުޅުވާލާ އެފަރާތްތަކުގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް މިނިސްޓްރީ ކަނޑައަޅާ ޚަރަދެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމަށް ފުރުޞަތު މި ލޯނުގެ ފުރުޞަތުގެ ތެރެއިން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނަށް އެދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފަވެއެވެ.
ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރަރއިން ތަމްރީނު ކުރުމަށް ޕީއެޗްޑީ ލެވަލްއަށް ކިޔެވުމަށް ވެސް ލޯން ދޭން ދެއެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ، މިގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނަށް ހޮވުނު ފަރާތުން އިޚުތިޔާރުކުރާ އިޢުލާންކުރި ޤައުމަކާއި ކިޔަވަންދާ ޤައުމަކާއި އަޅާކިޔައި ޚަރަދު ކުޑަ ޤައުމެއްގެ ރޭޓުންނެވެ. މިއަހަރުގެ ލޯނު ސްކީމް އިޢުލާންކޮށްފައި ވަނީ އެޑްމިނިސްޓްރޭޓިވް ޗާރޖް ގެ ގޮތުގައި %1 ހިމެނޭހެންނެވެ.
advertisment
ހިޔާލު