ގުރޭޑް 10 ނިންމާ ސާނަވީ އިމްތިޙާން މާދަމާ ފަށާނެއެވެ. މި އިންތިޙާން ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށް ގެންދާނެއެވެ. އޯލެވެލް އިމްތިޙާނުގައި 7501 ދަރިވަރުން، އެސްއެސްސީ އިމްތިޙާނުގައި 7133 ދަރިވަރުން ބައިވެރިވާނެނެވެ.
އެސްއެސްސީ އިމްތިޙާނުގައި މިދިޔަ އަހަރު 6107 ދަރިވަރުން ބައިވެރިވިއެވެ. ކުރީ އަހަރަށްވުރެ 1026 ކުދިން އެސްއެސްސީ އިމްތިޙާން ހަދާނެއެވެ. އޯލެވެލްގައި މިދިޔަ އަހަރު 6،698 ދަރިވަރުން ބައިވެރިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު 803 ދަރިވަރުން މި އަހަރު އިތުރެވެ.
ސާނަވީ އިމްތިޙާނަށް ތައްޔާރު ވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ސްކޫލްތަކުން ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށްގެން ބޭއްވި ސްޓަޑީ ކޭމްޕްތައް ހިމެނެއެވެ.
advertisment
ހިޔާލު