އެމްއެންޔޫގެ ޖޮބް ފެއަރ އަންނަ ޖޫން މަހުގެ 9ން 10އަށް ބާއްވަން ނިންމައި، އެ ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
"އެމްއެންޔޫ ފަހި ފުރުޞަތު"ގެ ނަމުގައި މި ފެއަރ ބާއްވަނީ ޖޫންމަހުގެ 9ން 10އަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00ން 18:00އަށް އަދި 20:00ން 22:00އަށެވެ. މި ފެއަރ މާލޭގައި ހުންނަ އިދާރީ މަރުކަޒުގެ އިތުރުން އަތޮޅު ކެމްޕަސް ތަކުގައި ވެސް ކުރިއަށް ގެންދާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ. އެމް.އެން.ޔޫ ފަހި ފުރުޞަތު / އެމް.އެން.ޔޫ ޖޮބްފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ (’ފުރާތަ – މުޖުތަމައަށް އަނބުރާ ދިނުން' 'Giving back to society' ޝިއާރުގެ ދަށުން) ހުޅުވާލާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް މި ފެއަރގައި ޤާއިމު ކޮށްދޭނެ ކަމަށެވެ. އަދި އާންމުންނާއި ހިސާބަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ވަޒީފާގެ ފުރުޞަތުތަކާއި ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ. ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމެވެ. ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން ވެސް މި މައުރަޒު ބޭއްވުމުގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.
މިދިޔަ އަހަރު ނޮވެންބަރު މަހު ބޭއްވި ޖޮބް ފެސްޓިވަލުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 19 ފަރާތަކުން ބައިވެރި ވިއެވެ.
ޖޫންގައި ބާއްވާ ފެސްޓިވަލުގައި ބައިވަރިވާން ބޭނުންވާ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ތިރީގައިވާ ލިންކް މެދުވެރިކޮށް 20 މޭ 2024 ވާ ހޯމަ ދުވަހުގެ 23:00 ގެ ކުރިން ފޯމް ހުށައެޅޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
ފެސްޓިވަލްގައި ބައިވެރިވުމަށް (ވަޒީފާ ދޭ ފަރާތްތައް) ހުށައަޅާ ފޯރމު ލިންކް :
advertisment
ހިޔާލު