ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން މިމަހު 28ން 30އަށް، މި ފަހަރު 780 ދަރިވަރުން ދަސްވެނިވާނެ

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން ތިން ސެޝަނަކަށް ބަހާލައިގެން ތިން ދުވަހެއްގެ މަތިން ބާއްވަން ނިންމައިފިއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 28ން 30އަށް ޤައުމީ ޔުނިވަރސިޓީގެ ބްލޮކް އޮޑިޓޯރިއަމްގައެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، މި ފަހަރު 780 އަށްވުރެ ގިނަ ދަރިވަރުން ނުވަ ފެކަލްޓީއަކުން ދަސްވެނިވާނެ ކަމަށެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތު ފަށާ ދުވަހު، ހެނދުނު ދަންފަޅީގައި ދަސްވެނިވުން އޮންނާނީ ސްކޫލް އޮފް ނަރސިންގ (ބެޗްލަރސް ޑިގްރީ) އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ދަރިވަރުން ދަސްވެނިވުމެވެ. 29 ވަނަ ދުވަހު އޮންނާނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއާއި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އިތުރުން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންގެ ދަސްވެނިވުމެވެ. އެންމެ ގިނަ ފެކަލްޓީތަކުން ދަރިވަރުން ދަސްވެނިވާނީ 30 ވަނަ ދުވަހުއެވެ. އެ ދުވަހު ހަތަރު ފެކަލްޓީއެއްގެ ދަރިވަރުން ދަސްވެނިވާނެއެވެ. އެއީ ފެކަލްޓީ އޮފް އަރޓްސްއާއި ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީއާއި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ އިތުރުން  ސްކޫލް އޮފް ނަރސިންގއެވެ.

މި ރަސްމިއްޔާތު ޓީވީއެމުން ވަގުތުން ގެނެސްދޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *