ފިޔަވަތީގައި ތިބި ކުދިންނާއި އައިޖީއެމްއެޗްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ގެންދާ ބަލިމީހުންނަށް އިމާދުއްދީން ސްކޫލުގެ ގައިޑުންނާއި ސްކައުޓުން އީދު ހަދިޔާ ފޯރުކޮށްދީފިއެވެ.
މިއީ އީދު ޕްރޮޖެކްޓްގެ ދަށުން އެ ސްކޫލުގެ ގައިޑުންނާއި ސްކައުޓުން ވަކިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ގައިޑުން އީދު ހަދިޔާ ފޯރުކޮށްދިނީ ދައުލަތުން ބަލަހައްޓަމުންދާ ކުދިންގެ ތެރެއިން ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މިހާރު ތިބި ކުދިންނަށެވެ. ސްކައުޓުން އީދު ހަދިޔާ ދިނީ އައިޖީއެމްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ބަލި މީހުންނަށެވެ.
އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސީނާ ލަތީފު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގެ ގައިޑުން ފިޔަވައްޗަށް ޒިޔާރަތްކޮށް އެތަނުގައި ތިބި ހުރިހާ ކުދިންނަށް ހަދިޔާދީ، އެ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރި ކަމަށެވެ.
" ގައިޑުން އީދު ދުވަހު ފިޔަވައްޗަށް ގޮސް، ތަފާތު ކުޅުވަރުތައް ކުޅުމުގައި ދެ ގަޑިއިރު ކުދިންނާއެކު ހޭދަކުރި. އެއީ އެކުދިންނަށް ލިބުނު ވަރަށް އުފާވެރި ވަގުތުކޮޅެއް" ސީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައިޖީއެމްއެޗްގައި ތިބި 86 ބަލިމީހުންނަށް ހަދިޔާގެ ގޮތުގައި ދިނީ މިލްކްޕެކެޓާރި ޖޫހާއި މޭވާގެ ބާވަތްތައް ކަމަށެވެ. ފިޔަވަތީގެ ކުދިންނަށް ހަދިޔާގެ ގޮތުގައި ދިނީ، ސްފޮޓް ޓޯއީސްއާއި ބޯޑްގޭމްފަދަ އެ ކުދިންގެ އުމުރާ ގުޅޭ ތަކެއްޗެވެ.
އިމާދުއްދީން ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިންގެ ހިންގި ހަރަކާތުން ޣައްޒާއަށް 105،000 ރުފިޔާ މިގޭ ކުރިން ހަދިޔާކޮށްފައި ވެއެވެ.
advertisment
ހިޔާލު