ކެނދިކުޅުދޫ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިންގެ ފަރާތުން 681 އިފްތާރު ޕެކް ޣައްޒާއަށް

ނ. ކެނދިކުޅުދޫ ސްކޫލުގެ މުވަސްޒަފުންނާއި ބެލެނިވެރިންގެ ފަރާތުން 681 އިފްތާރު ޕެކް ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ.

ކެނދިކުޅުދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝަރީފު ދަރިވަރު ނޫހަށް ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް އިފްތާރު ޕެކް ދޭން ނިންމައި އެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ ވައިބަރ ކޮމިއުނިޓީ ގުރޫޕްގެ ތެރޭގައި ކަމަށެވެ.

" 70 ރުފިޔާއެއް އިފްތާރު ޕެކޭޖެއްގެ މަގުން އަޅުގަނޑުމެން ގުރޫޕުގައި ޕޯސްޓެއް ހިއްސާ ކުރީ. ހަފްތާއެއްހާ މުއްދަތުގެ ތެރޭގައި 681 ޕެކަށްވާ 47،670 ރުފިޔާ ސްޓާފުންނާއި ބެލެނިވެރިން ޖަމާކުރީ" ޝަރީފު ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އެ ހަރަކާތް ފުރަތަމަ ކުރިއަށް ގެންދިޔައީ ސްޓާފުންގެ ތެރޭގައި ކަމަށައި ފަހުން ބެލެނިވެރިންނާ ވެސް ހިއްސާކޮށް، ބެލެނިވެރިންގެ އެހީތެރިކަން ވެސް ހޯދީ ކަމަށެވެ.

ޝަރީފު ވިދާޅުވީ، އިފްތާރު ޕެކަށްވާ ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި ފަހު ދިހައިގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނަށް އިފްތާރު ޕެކް ހަދިޔާކުރާނެ ކަމަށް އެ ފަރާތުން އަންގާފައިވާ ކަމަށެވެ.

ކެނދިކުޅުދޫ ސްކޫލުގައި 400އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *