ނައިފަރުގައި އިމާމުވެ ދަމުނަމާދު ކުރަން 10 ދަރިވަރުން

ޅ. ނައިފަރުގައި މިރެއިން ފެށިގެން އިމާމުވެ ދަމުނަމަދު ކުރާނީ ދަރިވަރުންނެވެ. އެ ރަށު ކައުންސިލުން ވަނީ ދަމުނަމާދު ކުރާނެ ދަރިވަރުންގެ ތާވަލް އާންމު ކޮށްފައެވެ. މިރެއިން ފެށިގެން ރޯދަމަސް ނިމެންދެން އިމާމުވެ ދަމުނަމާދު ކުރުން އެ ދަރިވަރުން ކުރިއަށް ގެންދާނެއެވެ.

ނައިފަރުގެ ހަތަރު މިސްކިތުގައި ދަމުނަމާދު ކުރާނެ ދަރިވަރުން ހޮވީ އިއުލާން ކޮށްގެން ކުރިމަތިލި ކުދިންގެ ތެރެއިންނެވެ. ގުރޭޑް ހަޔަކާއި އަށަކާ ދެމެދުގެ އެ ދަރިވަރުންނަށް އިމާމުވެ ތަރާވީހާއި ދަމުނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދިފައެވެ. އިމާމުވެ ނަމާދު ކުރަން ހުއްދަ ދިން ބައެއް ދަރިވަރުންނަކީ ހާފިޒުންނެވެ. އަނެއްބައި ދަރިވަރުންނަކީ ޤުރުއާން ހިތުދަސްކުރަމުން އަންނަ ދަރިވަރުންނެވެ. ދަމުނަމާދު ކުރާ ދަރިވަރުންގެ ތެރޭގައި 11 އަހަރުގެ ކުއްޖަކު ވެސް ހިމެނެއެވެ. މިދިޔަ އަހަރު ވެސް ފަސް ދަރިވަރަކު ވަނީ އިމާމުވެ ތަރާވީހު ނަމާދާއި ދަމުނަމާދު ކޮށްފައެވެ.

ދަމުނަމާދު ކުރަން ކަނޑައެޅި ދަރިވަރުން:

  • ޔޫސުފް ޒަކްނޫން މުހައްމަދު ޖުނައިދު
  • އަބްދުﷲ ޒަކްވާން މުހައްމަދު ރިކްޒާން
  • މުހައްމަދު ޔަޒިން ޔާސިރު
  • ޒާލިފް މަދީހް
  • އަބްދުﷲ ހަޔާން ހަމީޒް
  • މުހައްމަދު ހާދިން ސައުދުﷲ
  • އިސްމާއިލް އަޝްހަމް އަހުމަދު
  • މިރުއާޝް ހުސެން މިރުޒާ
  • އާސިރު އާސިފް ޔޫސުފް
  • އަބްދުﷲ ޝައިއާން އަބްދުލްވާހިދު

ނައިފަރު ކައުންސިލުން ބުނީ، ދަމުނަމާދު ކުރަން ފަށާނީ ކޮންމެ ރެއަކު ވެސް 2:15ގައި ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *