ރީޝް: ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި

ހއ. އަތޮޅު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ޒައިންއަށް ތިންވަނަ އަޒާއަށް

ހއ. އަތޮޅު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އެންމެ އަލިގަދަ ތަރިއަކަށް ޢާއިޝަތު ރީޝް ނަސީމް ހޯދައިފިއެވެ. ދި ފައުންޑޭޝަން ހއ. އަތޮޅު އެންމެ އަލިގަދަ ތަރި 1445، މުބާރާތުގެ ގްރޭންޑް ފައިނަލް އޮތީ ރޭ ގައެވެ. މި މުބާރާތުން ދެވަނަ ހޯދީ އަބްދުﷲ ޒައިން ބިން މުޙައްމަދެވެ. ތިން ވަނަ ހޯދީ މަރިޔަމް އަޒާ އާދިލެވެ.

މި މުބާރާތުން އެއްވަނަ ހޯދި ރީޝްއަށް އިނާމް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާނު، ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

އެންމެ މޮޅު ތިން ބައިވެރިންނަށް ޢުމުރާ ދަތުރެއް ހުށަހަޅާފައިވެއެވެ.

 

އެއްވަނަ: އާއިޝަތު ރީޝް ނަސީމް:

އެއްވަނައަށް ހޮވުނު ރީޝް، ޤުރުޢާން މުބާރާތެއްގައި  ފުތަމަ ފަހަރަށް ބައިވެރިވެފައި ވަނީ 2016 ވަނަ އަހަރު، 4 އަހަރުން ދަށުގެ އުމުރުފުރައިގައެވެ. ޤުރުއާން ކިޔެވުމުގައި ރީޝްގެ ކާމިޔާބީ ފެށުނީ ވަނަ އަހަރުން ފެށިގެންނެވެ. 2017 ވަނަ އަހަރު ދިއްދޫ ކައުންސިލުގެ ޤުރުއާން މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން ދެވަނަ އަދި މުޅި މުބާރާތުން ދެވަނަ ހޯދިއެވެ.

2021 ވަނަ އަހަރު، ޗޭނު ޖަމިއްޔާގެ އަށްވަނަ ޤުރުއާން މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން ތިންވަނަ ލިބިފައިވެއެވެ. 2022 ވަނަ އަހަރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޫރު ޤުރުއާން މުބާރާތުން ތިންވަނަ ލިބުނެވެ. ދިއްދޫ ޗޭނު ޖަމިއްޔާގެ 10 ވަނަ ޤުރުއާން މުބާރާތުގެ ނުބަލައި ކިޔުމުގެ ގޮފިން އެއްވަނަ އަދި މުޅި މުބާރާތުން އެއްވަނަ ހޯދާފައިވެއެވެ.

މިދިޔަ އަހަރު ބޭއްވި ތިލަ އުތުރު ރަންތާޖު ޤުރުއާން މުބާރާތުގެ ނުބަލައި ކިޔުމުގެ ބައިން، ކީ ސްޓޭޖް ދޭކުން އެއްވަނަ އަދި ރަންތަރި ޤުރުއާން މުބާރާތުން ވެސް ނުބަލައި ކިޔެބުމުގެ ގޮފިންނާއި މުޅި މުބާރާތުން އެއްވަނަ ރީޝް ހޯދާފައިވެއެވެ.

ދެވަނަ: އަބްދުﷲ ޒައިން ބިން މުޙައްމަދު:

ޤުރުއާން މުބާރާތްތަކުގައި ބައިވެރިވާން ޒައިން ފެށީ ޢުމުރުން ހަތަރު އަހަރުން ފެށިގެންނެވެ. ޤުރުއާން މުބާރާތްތަކުން މިހާތަނަށް ލިބުނު ކާމިޔާބީތަކަށް ބަލާއިރު، 2017 ވަނަ އަހަރު ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތުގެ ހަ އަހަރުން ދަށުން ބަލައިގެން ކިޔުމުގެ ބައިން އެއްވަނަ އަދި ޗޭނު ޖަމިއްޔާގެ ހަވަނަ ޤުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުން އެއްވަނަ ލިބިފައިވެއެވެ.

2021 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި އިދުރީސީ އިންޓަރނޭޝަނަލް ސްކޫލް ކޮމްޕެޓިޝަންގައި 12 އަހަރުން ދަށުގެ ބައިން ތިންވަނަ ހޯދާފައިވެއެވެ. މިޑްލްސް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ބޭއްވި ލިބޭ ހއ. ދިއްދޫ އެންމެ އަލިގަދަ ތަރި 1443 އަދި 1444 ވަނަ އަހަރުގެ މުބާރާތުން ދެވަނަ އަދި 5 ވަނަ ލިބިފައިވެއެވެ.

ތިންވަނަ: މަރިޔަމް އަޒާ އާދިލް

އެންމެ ފުރަތަމަ ޤުރުއާން މުބާރާތެއްގައި ބައިވެރިވީ އުމުރުން ހަތަރު އަހަރުގައި. 2016 ވަނަ އަހަރުއެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް 6ގައި ކިޔަވަމުން ގެންދާ އަޒާ ވަނީ 2021-2022 ވަނަ އަހަރުގެ ޤައުމީ މުބާރާތުގައި، ދިއްދޫ ޗޭނު ޤުރުއާން ކުލާސް ތަމްސީލު ކޮށްފައެވެ.

1442 ވަނަ އަހަރު ދިއްދޫ ކައުންސިލުގެ ނުވަ ވަނަ ޤުރުއާން މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން އެއްވަނަ، 2022 ވަނަ އަހަރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޫރު ޤުރުއާން މުބާރާތުގެ އެގާރަ އަހަރުން ދަށުގެ ނުބަލައި ކިޔުމުގެ ބައިން ތިންވަނަ އަޒާ ހޯދާފައިވެއެވެ.

1443 ވަނަ އަހަރުގެ ލިބޭ ހއ. އެންމެ އަލިގަދަ ތަރި މުބާރާތުން ނުވަވަނަ، 1444 ވަނަ އަހަރުގެ ހއ. ދިއްދޫ އެންމެ އަލިގަދަ ތަރި މުބާރާތުން  ހަތަރުވަނަ ހޯދާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *