ޒުވާން ޚަޠީބުން މިއަދު ވެސް 4 މިސްކިތެއްގައި އިމާމްވެ ހުކުރު ނަމާދު ކުރާނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިއަދު ހުކުރު ކުރާނެ ޒުވާން ޚަޠީބުންގެ ތާވަލު އާންމުކޮށްފައެވެ. ޒުވާން ޚަތީބުންގެ ހުޠުބާ ބިނާކޮށްފައި ވަނީ "ކާމިޔާބީތަކެއްގެ މައްސަރު" ގެ މައްޗަށެވެ.
މާލެ ހިމެނޭ ސަރައްޙައްދުގައި ހުކުރު ނަމާދު ކުރާ ޒުވާން ޚަޠީބުން:
- މުޙައްމަދު ވިއާމް ލަތީފު، މަސްޖިދުއް ސުލްޠާން މުޙައްމަދު އިމާދުއްދީން
- މުޙައްމަދު ޝަޔާން ޝިޒާން، މަސްޖިދު މުޙައްމަދު ( ހުޅުމާލޭ ފޭސް 1)
- މުޙައްމަދު ނަޒާން ނިހާދު، މަސްޖިދު އަފީފުއްދީން ( ދިއްލީ މިސްކިތް) މާލެ
- އަފުލާހު އިސްމާޢީލް ރަޝީދު، މަސްޖިދުލްއިޚްލާޞް ( ސޮނީ މިސްކިތް) ވިލިމާލެ
މިދިޔަ ހުކުރުގައި ވެސް ޒުވާން ހަތަރު ޚަޠީބަކު މާލެ ހިމެނޭ ސަރަޙްދުގައި ހުކުރު ކޮށްފައިވެއެވެ.
advertisment
ހިޔާލު