ޏ. އޭއީސިއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ފަސް ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ.
420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަަށް އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ޓިކް ޓެކް އިންވެސްޓްމެންޓާއެވެ. އެއް ބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަހުމަދު މުހައްމަދެވެ.
ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ފައިނޭންޝިއަލް އޮފިސަރ އިސްމާއިލް ޒަހުރާން ޒުބައިރެވެ.

ކުލާސްރޫމްތަކާއި ލެބޯޓްރީއާއި އޮފީސްބައެއް ހިމެނޭ މި އިމާރާތުގެ މަސައްކަތަށް 36 މިލިއަން ރުފިޔާ ޚަރަދުވެއެވެ.
ގުރޭޑް 7ން 12އަށް ކިޔަވައިދޭ ޏ. އޭއީސީއަށް ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށް އެ ސްކޫލުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.
އާ އިމާރާތާއެކު އެ ސްކޫލަށް ވަންނަން ބޭނުންވާ ކުދިންނަށް ފުރުޞަތު ދެވޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ.
ޏ. އޭއީސީއަކީ ފުވައްމުލަކު ސިޓީގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.
advertisment
ހިޔާލު