ޣައްޒާގެ ކުދިންނަށް އިމާދުއްދީނުން ޢީދު ހަދިޔާ ފޮނުވަނީ

ފަލަސްޠީނުގެ ޣައްޒާގެ ކުދިންނަށް ޢީދު ހަދިޔާ ދިނުމަށް ޚާއްޞަ ފަންޑު ފޮއްޓެއް އެ ސްކޫލުގައި ބަހައްޓައިފިއެވެ. މިއީ އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްޓާފުންގެ ފަރާތުން ޢީދު ހަދިޔާ ދިނުމަށް ބޭނުންވާ ފައިސާ ހޯދަން ބެހެއްޓި ފަންޑު ފޮއްޓެކެވެ. މި ފޮށި ބެހެއްޓީ ހޯމަ ދުވަހު ބޭއްވި ޚާއްޞަ އެސަމްބްލީއެއްގައެވެ.

އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސީނާ ލަތީފު ދަރިވަރު ނޫހަށް މިއަދު ވިދާޅުވި ގޮތުގައި ޣައްޒާއަށް އެހީވުމަށް އެ ސްކޫލުން ހުޅުވި ފަންޑަށް ބެލެނިވެރިންނާއި ސްޓާފުން އަދި ދަރިވަރުންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި ބޭނުމަކީ ފިތުރު ޢީދު އައުމުގެ ކުރިން ޢީދު ހަދިޔާ ޣައްޒާގެ ކުދިންނަށް ފޯރުކޮށްދިނުމެވެ.

ސީނާ ވިދާޅުވީ މާރޗް މަހުގެ 30އާ ހަމައަށް ފަންޑުފޮށި ހުންނާނެ ކަމަށާއި، ޢީދުގެ ކުރިން ޢީދުގެ ކުރިން ހަދިޔާ ހަދިޔާ ކުރެއްވޭނެ ކަމަށެވެ.

" އަޅުގަނޑުމެން ބަލަނީ 30 އާ ހަމައަށް ފަންޑުފޮށީގެ ހަރަކާތް ކުރިއަށް ގެންގޮސް، ޢީދުގެ ކުރިން ހަދިޔާ ޣައްޒާގެ ކުދިންނަށް ފޯރުކޮށްދޭން" ސީނާ ވިދާޅުވިއެވެ.

ޣައްޒާއަށް އެހީ ވުމަށް ގިނަ ސްކޫލްތަކުން މީގެ ކުރިންވެސް ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *