ތެވެލި ކޮންފަރެންސް އޮގަސްޓްމަހު، އެބްސްޓްރެކްޓް ހުށަހަޅަން ހުޅުވާލައިފި

ތެވެލި ކޮންފަރެންސް އޮގަސްޓްމަހު، އެބްސްޓްރެކްޓް ހުށަހަޅަން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކޮންމެ އަހަރަކު ބާއްވާ "ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް" އަންނަ އޮގަސްޓް މަހުގެ 19 އަދި 20 އޮގަސްޓު މަހު ބާއްވަން ނިންމައި އެބްސްޓްރެކްޓް ހުށައަޅަން ހުޅުވާލައިފިއެވެ.

"ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް" ގެ މި އަހަރުގެ ތީމަކީ " ބްރިޖިންގ ބައުންޑަރީސް އެކްސްޕްލޯރިންގ ސިނަރޖީސް އެކްރޮސް ރިސަރޗް ޑިސިޕްލިންސް " އެވެ.

މި ކޮންފަރެންސްގައި އެކި ދާއިރާތަކުން އިގިރޭސި، ދިވެހި ނުވަތަ ޢަރަބި ބަހުން ޕޭޕަރު ހުށަހެޅުއްވޭނެއެވެ. އަދި އެކި ދާއިރާތަކުގެ ފުންނާބު އުސް ސްކޮލަރުން ނަންގަވައިދެއްވާ "ޕްރީ ކޮންފަރެންސް ސެޝަންސް" 18 އޮގަސްޓުގައި ކުރިއަށް ދާނެއެވެ.

ކޮންމެ އަހަރަކު ވެސް މި ކޮންފަރެންސަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭއިރު، އެންމެ ފަހުން ބޭއްވި ކޮންފަރެންސަށް  143 ޕޭޕަރު ހުށަހަޅާފައިވެއެވެ. އަދި މީގެތެރެއިން 60 ޕޭޕަރު ހުށަހަޅާ ދެއްވާފައި ވަނީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުގެ ބޭފުޅުންނެވެ. މި އަހަރުގެ ކޮންފަރެންސަށް ވެސް، ވަރަށް ފުރިހަމަ ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

"ތެވެލި ކޮންފަރެންސް 2024″ ގައި ހުށަހަޅާ ޕޭޕަރު ތަކުގެ ތެރެއިން "އައުޓް ސްޓޭންޑިންގ ޕޭޕަރ އޮފް ދަ ކޮންފަރެންސް" އަދި "އަރލީ ކެރިއަރ ރިސަރޗަރ" އެވޯޑް ހޮވާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. އަދި އެންމެ ރަނގަޅު

10 ޕޭޕަރު މިފަހަރު ވެސް ހޮވަން ވަނީ ނިންމާފައެވެ.

"ތެވެލި" މި ލަފުޒުގެ މާނައަކީ، "އިރުހަނދު އަރައިގެން އަންނަ އިރު ނުވަތަ އޮއްސެންދާ އިރު އުދަރެހުން ފެށިގެން ރިހިކުލައިގެ ނުވަތަ ރަންކުލައިގެ ދޫލައެއްހެން ފެންގަނޑުމަތީގައި ފެތުރިފައި އޮންނަ އަލި" މިއެވެ. މި ކޮންފަރެސްގެ ބޭނުމަކީ އައު ޢިލްމީ ހޯދުންތަކުގެ "އަލިކަން" ނުވަތަ "ތެވެލި" ދިވެހިރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކަށާއި މުޅި ދުނިޔެއަށް ފެތުރުމެވެ. ކޮންފަރެންސްގެ މަޤުޞަދަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސްކޮލަރުންނާއި ދަރިވަރުން އެއްތަންކޮށް، އެ ބޭފުޅުންގެ އަގުނުކުރެވޭ ފަދަ އައު ޢިލްމީ ހޯދުންތައް ހުށަހެޅުމަށް ފުރުސަތު ހޯދައިދިނުން ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ކޮންފަރެންސްގެ ސުންގަޑިތައް:

އެބްސްޓްރެކްޓް ހުށަހެޅުން: 23 މޭ 2024

އެބްސްޓްރެކްޓް ފާސްކުރުން: 23 ޖޫން 2024

ރެޖިސްޓްރީވުން: 03 އޮގަސްޓް 2024

ކޮންފަރެންސް ބޭއްވުން:  19-20 އޮގަސްޓު 2024

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *