ކަލައިދޫ ސްކޫލުގެ 3 ކްލާސްރޫމާއި ސައިންސްލެބް އަދި ނަޑެއްލާ ސްކޫލުގެ 2 ކްލާސްރޫމް އަދި ސްޓާފްރޫމް ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. މި ދެ މަސައްކަތް ވެސް ޙަވާލުކުރީ ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުނިން ކަލައިދޫ ސްކޫލުގެ މަޝްރޫޢަށް ހުށަހަޅާފައިވަނީ 150 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށް، 4.9 މިލިއަން ރުފިޔާއެވެ. ނަޑެއްލާ ސްކޫލުގެ މަޝްރޫޢަށް ހުށަހަޅުއްވާފައި 4.9 މިލިއަން ރުފިޔާއެވެ. އެ ސްކޫލުގެ މަސައްކަތް ވެސް ނިންމަ ހުށަހަޅާފައި ވަނީ 150 ދުވަހެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދެވެ. ރައިޒާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ ސާމިން އަހުމަދެވެ.
ގއ. ނިލަންދޫ ސްކޫލުގައި ދެ ކްލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ޙަވާލުކުރީ 120 ދުވަސްތެރޭގައި ނިންމާގޮތަށް، 1.6 މިލިއަން ރުފިޔާ އަށް، ތިހްނާން އިންވެސްޓްމަންޓް އާއެވެ.
advertisment
ހިޔާލު