ހަތަރު ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ.
ޕްރިންސިޕަލުން ހޯދަން އިއްޔެ އިއުލާން ކުރީ، ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި އއ. އަތޮޅު މަދަރުސާއަށެވެ. މީގެ ކުރިން، ފ. މަގޫދޫ ސްކޫލާއި ށ. ބިލެތްފަހީ ސްކޫލަށް ޕްރިންސިޕަލުން ހޯދަން އިއުލާން ކޮށްފައިވެއެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި އއ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މާރޗްގެ 13:30 ގެ ކުރިން ލިޔެކިޔުންތައް އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. ފ. މަގޫދޫ ސްކޫލާއި ށ. ބިލެތްފަހީ ސްކޫލުގެ ޕްރިންސިޕަލަކަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އަންގާރާ ދުވަހުގެ 13:30ގެ ކުރިން ލިޔެކިޔުންތައް އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.
ރޭންކް 1ގެ ޕްރިންސިޕަލެއްގެ މުސާރައަކީ 16،647 ރުފިޔާއެވެ. މަޤާމުގެ އެލަވަންސްގެ ގޮތުގައި 9،534 ރުފިޔާގެ އިތުރުން ހާޒިރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 258 ރުފިޔާ ލިބެއެވެ. ރޭންކް 2ގެ ޕްރިންސިޕަލަކަށް ލިބިވަޑައިގަންނަވަނީ 17،985 ރުފިޔާއެވެ. މަޤާމުގެ އެލަވަންސްގެ ގޮތުގައި 10،300 ރުފިޔާގެ އިތުރުން ހާޒިރީ އެލަވަންސްއަކަށް 279 ރުފިޔާ ލިބެއެވެ.
ކުރިމަތިލާ ފަރާތްތަކުގެ ޤާބިލްކަން ވަޒަން ކުރުމަށް ބަލާނެ ކަންތައްތައް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވާ ގޮތުން، މަޤާމުގެ އަސާސީ ޝަރުޠު ތަކުގެ ތެރެއިން ރޭންކް 1ގެ ޝަރުޠު ހަމަވާނަމަ 25 އިންސައްތަ ލިބެއެވެ. ރޭންކް 2 ގެ ޝަރުޠު ހަމަވާނަމަ 30 އިންސައްތަ ލިބެއެވެ. ތަޖުރިބާގެ މުއްދަތަށް ފަސް އިންސައްތަ، އިންޓަވިއުއަށް 40 އިންސައްތަ އަދި ޕްރެކްޓިކަލްއަށް ކަނޑައަޅާފައި ވަނީ 20 އިންސައްތައެވެ.
advertisment
ހިޔާލު