ލ. އަތޮޅުގެ ޕްރީ ސްކޫލްތަކުން ހިންގާ ހަރަކާތްތަކަށް މަލީ އެހީދޭން ނިންމައި، މާލީ އެހީއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ލ. އަތޮޅު ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ، އެ އަތޮޅު ޕްރީސްކޫލްތަކުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ޕްރީސްކޫލްތަކުގެ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަޤްޞަދުގައި ހައްދުންމަތީ އަތޮޅު ކައުންސިލާއި، އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަތޮޅުގެ ޕްރީސްކޫލްތައް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ޕްރީސްކޫލްތަކުގައި ފުރިހަމަ ކުރަން ހުރި ކަންކަމަށް އެހީތެރިވުމުގެ ޕްރޮގްރާމް މި އަހަރު ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕްރީސްކޫލްތަކުގައި ހިންގަން ބޭނުންވާ ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ކަންކަން ރަނގަޅުކުރުމަށް ރާވާ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަން ބޭނުންވާ އެ އަތޮޅުގެ ޕްރީސްކޫލްތަކުން، އެހީއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، ޕްރޮޕޯސަލް އާއިއެކު 2024 އޭޕްރީލް 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށައަޅަން އެ އިއުލާނުގައި ބުނެފައިވެއެވެ.
އެހީދޭ އަދަދެއް އެ އިއުލާނުގައު ބުނެފައެއް ނުވެއެވެ.
advertisment
ހިޔާލު