ފޮތް ލިޔުމާއި ރިސަރޗް ކުރުމަށް 8 ފަރާތަކަށް ހަތްލައްކަ ރުފިޔާގެ އެހީ އެމްއެންޔޫއިން ދީފިއެވެ.
ފޮތްތެރިކަން ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުމަށް، ޔުނިވަރސިޓީން ތަޢާރަފު ކުރި "ބުކް ރައިޓިންގ ގްރާންޓްސް"ގެ ގޮތުގައި މާލީ އެހީ ދެނީ ހަ ފަރާތަކަށެވެ. ބުކް ގުރާންޓްގެ ގޮތުގައި މިފަހަރު ދިނީ 341,100ރ އެވެ.
ބުކް ގްރާންޓްސް ލިބުނު ފަރާތްތައް:
1- ޒަހުދާ އަބްދުލް ޢަޒީޒް
ނިޔާފޮތް: ޙަޔާތުގެ ތަރާނާ: ތަފާތު ޅެންތަކުގެ ޚަޒާނާ
2- ޢާއިޝަތު ސުއާދު
"ހަލަނި ބޯޓު"
3- މުޙައްމަދު ދީދީ
އައިލެންޑް ފޯމޭޝަން
4- އާމިނަތު ސައީދު
"ވެށީގައިވާ ލަފުޒު"
5- ފާތިމަތު މުޙައްމަދު (ކުޅުދުއްފުށީ ކެމްޕަސް)
"އިސްރަށްވެހީންގެ އެހީތެރިންގެ އަތްމަތީފޮތް"
6- ޑރ. މުޙައްމަދު އުމަރު (ކުޅުދުއްފުށީ ކެމްޕަސް)
ތަންގީދީކޮށް ވިސްނުން: ތަބީޢަތާއި ކިޔަވައިދެވިދާނެ ގޮތްތައް"
ރިސަރޗް ކުރުމަށް މާލީ އެހީ ދެނީ، ޔުނިވަރސިޓީގައި ރިސާރޗް މާހައުލެއް ޤާއިމް ކުރުމަށާއި، އެކެޑެމިކް މުވައްޒަފުންނަކީ ރިސާރޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުންނެވެ. ޤައުމީ ޔުނިވަރސިޓީގެ ބަޖެޓްގައި ހިމަނައިގެން 2014 ވަނަ އަހަރުން ފެށިގެން ރިސާރޗް ގްރާންޓް އަންނަނީ ދެމުންނެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ޔުނިވަރސިޓީގެ ކޮންމެ މުވައްޒަފަކަށް ވެސް އެމީހަކު ހިންގަން ބޭނުންވާ ރިސާރޗް ޕްރޮޖެކްޓަކަށް ފައިސާގެ އެހީ ހޯދުމަށް އެދެވޭނެ ކަމަށެވެ. އަދި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށް ވެސް ފައިސާގެ އެހީއަށް އެދެވޭނެ ކަމަށެވެ. އަދި ބުނީ، ރިސާރޗް ގްރާންޓް ދެވޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާރޗް ގްރާންޓްސް ކޮމިޓީން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް، ފެންވަރު ވަޒަން ކުރުމަށްފަހު ހޮވޭ ޕްރޮޖެކްޓްތަކަށެވެ.
މިފަހަރުގެ ރިސާރޗް ގްރާންޓްއަށް 357,475ރ ގެ އެހީ ވަނީ ދީފައެވެ.
ރިސަރޗް ގްރާންޓްސް ލިބުން ފަރާތްތައް
1- ޑރ. ޢާމިނަތު ޝިޔާމާ
އަވަރ އާރތް، އަވަރ ފިއުޗަރސް: އެކްސްޕްލޯރިންގ ޓްރާންސްފޯމޭޓިވް އެޑިއުކޭޝަން ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ގްލޯބަލް ސިޓިޒަންޝިޕް އިން މޯލްޑިވިއަން އެންޑް އިންގްލިޝް ޕްރައިމަރީ ސްކޫލް.
2- އަބްދުﷲ ޖަމީލް
ރާއްޖޭގެ ސުކޫލުތަކުގައި ބަހުގެ ޤަވައިދު ކިޔަވައިދޭ ގޮތާއި ދަރިވަރުންނަށް ޤަވައިދުގެ ބައިތައް އެނގިފައިވާ މިންވަރު.
advertisment
ހިޔާލު