މާފުށީގެ ދަރިވަރުންނަށް ވިލާ ކޮލެޖްގައި ކިޔަވަން ސްކޮލަރޝިޕް ދޭން ނިންމައިފިއެވެ.
މިކަން ކުރުމުގެ ގޮތުން، މާފުށީ ކައުންސިލުން ވަނީ ވިލާ ކޮލެޖާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަހުގެ ސާދަ ވަނަ ދުވަހު ވި އެއްބަސްވުމުގައި ވިލާކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސްރެކްޓަރ ޑޮކްޓަރ ޢަލީ ނަޖީބެވެ. މާފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޙަސަން ޞަލާހެވެ.

މި އެއްބަސްބިމުގައި ހިމެނެނީ:
ވިލާ ކޮލެޖުގައި ކިޔެވުމަށް މާފުށީގެ ދަރިވަރުންނަށް މާފުށީ ކައުންސިލް އިން ކަނޑައަޅާ އަދަދަކަށް، އެކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކޮންމެ އަހަރަކު ސްކޮލަޝިޕް ހަމަޖައްސައި ދިނުން
- މާފުށީގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމަށްޓަކައި ބޭނުންވާ ކަންކަމުގައި ދެފަރާތުން މަސައްކަތް ކުރުން
- ދެފަރާތް ގުޅިގެން ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް މާފުށީގައި ޕްރޮމޯޓް ކުރުން
- މާފުށީ ކައުންސިލްގެ ސްކޮލަޝިޕް ސްކީމް ތައާރަފްކޮށް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާ ލަފާ ވިލާކޮލެޖުން ދިނުން
- މާފުށީ ކައުންސިލުން ބޭނުންވާ ދާއިރާތަކުން މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ވިލާކޮލެޖުން އެހީތެރިވެދިނުން.
advertisment
ހިޔާލު