"މަކީނާ ޤުރުއާން ފެސްޓިވަލް"ގައި 300 ކުދިން

ސްކިލް ޓްރެއިނިންގ ސެންޓަރުން "މަކީނާ ޤުރުއާން ފެސްޓިވަލް" ކުރިއަށް ދާއިރު، 300 ކުދިން ބައިވެރިވެފައިވެއެވެ. މި ފަހަރު މި ފެސްޓިވަލް ކުރިއަށް ގެންދަނީ އެންޓީވީއާ ގުޅިގެންނެވެ.

މި ފެސްޓިވަލުގައި ބައިވެރިވާ ކުދިންގެ ކިޔެވުން އެންޓީވީން ގެނެސްދެއެވެ. އަދި ސްކިލް ޓްރެއިނިންގ ސެންޓަރުގެ ފޭސްބުކު ޕޭޖާއި ޔޫޓިއުބު އަދި އިންސްޓަގްރާމް ޕޭޖުން ފެންނާނެއެވެ. ކޮންމެ ދުވަހަކު ވެސް މަދުވެގެން ދިހަ ކުދިންގެ ކިޔެވުން ގެނެސްދޭނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.

ސްކިލް ޓްރެއިނިންގ ސެންޓަރުން ބުނީ، މި ފެސްޓިވަލުގެ މަޤްޞަދަކީ ތުއްތު ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖެއްސުމާއި ރަމަޟާންމަހު ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމެވެ.

އެ ސެންޓަރުން ބުނީ، ފެސްޓިވަލުގައި ބައިވެރިވާން 500 އަށްވުރެ ގިނަ ކުދިން ނަންނޯޓް ކުރި ނަމަވެސް ވީޑިއޯ ފޮނުވާފައި ވަނީ 300 ކުދިންގެއެވެ. މިހާރުވެސް ބައިވެރިވުމުގެ ފުރުޞަތު އޮތް ކަމަށް އެ ސެންޓަރުން ބުނެއެވެ.

މި ފެސްޓިވަލް އަކީ ސްކިލް ޓްރެއިންގެ ސެންޓަރުގެ ފައުންޑަރ، ދިމްނާ ފާކިރުގެ ލޮބުވެތި މަންމާފުޅު އަލްމަރްހޫމާ މަރިޔަމް މަކީނާ ޢަލީ އަދި ލޮބުވެތި ދަރިފުޅު މަކީނާ ނައުޝީން ޢަލީއަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލް ބޭއްވުމުގެ މަޤްސަދަކީ ދިވެހި ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި އެކަމަށް ހިތްވަރު ދީ، ވީހާވެސް ގިނަ ކުރިންނަށް ފުރުސަތު ހޯދާދިނުން ކަމަށް ސްކިލް ޓްރެއިންގެ ސެންޓަރުގެ ފައުންޑަރ، ދިމްނާ ފާކިރު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *