ސީއެޗްއެސްއީގެ ދަރިވަރުން ހަފްތާއަކު އެއް ފަހަރު "އިފްތާރު ޕެކް" ހަދިޔާ ކުރަން ފަށައިފި

ސީއެޗްއެސްއީގެ ސްޓޫޑެންޓް އެކްސްކޯއިން އިސްނަގައިގެން " އިފްތާރު ޕެކް" ހަދިޔާ ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތް އެ ސްކޫލުގެ ދަރިވަރުން ކުރިއަށް ގެންދަނީ ކޮންމެ ބުރާސްފަތި ދުވަހެއްގައެވެ.

މި ހަރަކާތް އެ ސްކޫލުން ފެށީ މިދިޔަ އަހަރުއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގެ މިސްކިތަކަށް 100 އިފްތާރު ޕެކް ވަނީ ހަދިޔާ ކޮށްފައެވެ.

ސީއެޗްއެސްއީގެ ސްޓޫޑެންޓް ކައުންސިލުން މި އަހަރު "އިފްތާރު ޕެކް" ހަދިޔާ ކުރަނީ ހުޅުމާލޭގެ ދެ މިސްކިތަކަށާއި މާލޭގެ ދެ މިސްކިތަކަށެވެ. އެ ހަރަކާތް ކުރިއަށް ގެންދަނީ ކޮންމެ ހަފްތާއެއްގައި ސްކޫލުން ފޯރުކޮށްދޭ އެހީތަކުގެ މައްޗަށް ބިނާކޮށެވެ. އެކަމުގައި އެ ސްކޫލުގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންގެ އެހީތެރިކަން އަންނަނީ ލިބެމުންންނެވެ.

" ހުރިހާ ކަމެއް ކުރާނީ ދަރިވަރުން. ބައެއް ކުދިންނާއި ބެލެނިވެރިން ތަކެތި ފޯރުކޮށްދޭނެ. އަދި ފައިސާވެސް ފޯރުކޮށްދޭ. އެ ލިބޭ އެހީތަކެއްގެ މައްޗަށް ބިނާކޮށް ޕެކް ތައްޔާރު ކުރަނީ" ސްޓޫޑެންޓް ކައުންސިލްގެ ކަންތައްތަކާ ހަވާލުވެ ހުންނެވި އެ ސްކޫލުގެ ލީޑިންގ ޓީޗަރު މަރިޔަމް ޝައްފަ އިބްރާހިމް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ހަފްތާތަކުގައި ހަދިޔާ ކުރާ ޕެކްތަކުގެ އަދަދަށާއި އެ ޕެކްތަކުގައި ބަންދުކުރާ ތަކެތީގެ އަދަދުތައް ވެސް އިތުރުވާނެ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަދިޔާ ކުރި "އިފްތާރު ޕެކް" ގައި ހިމެނެނީ ޖޫސްޕެކެޓަކާއި ފެންފުޅިއަކާއި ކަދުރުކޮޅެއްގެ އިތުރުން އާފަލަކާއި ކޭކެކެވެ.

" ކުރިއަށް އޮތް ހަފްތާތެރޭގައި ހަދިޔާ ކުރެވޭ "އިފްތާރު ޕެކް" ގެ އަދަދު އިތުރުވާނެ ޕެކުގައި ހިމެނޭ ބާވަތްތަކުގެ އަދަދު ވެސް އިތުރުކޮށް " ޝައްފަ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *