ދިރާސީ އާ އަހަރާއެކު ސަލާހުއްދީން ދެ ދަންފަޅިއަށް ބަދަލުކުރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާޙުއްދީން ސްކޫލުގައި އަންނަ ދިރާސީ އަހަރު 2024-2025 ގައި ދެ ދަންފަޅިއަށް ކިޔަވައިދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ޞަލާޙުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިޙާ އިދުރީސް ދަރިވަރު ނޫހަށް ވިދާޅުވީ އަންނަ ދިރާސީ އަހަރު އެ ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދޭން ފަށާނެކަން ރަސްމީކޮށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްޞީލެއް އޭނާ ނުދެއްވައެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ފޭސްބުކްގައި ލިޔުއްވާފައިވަނީ، ޞަލާޙުއްދީން ސްކޫލުން ޖާގަ ހޯދަން މިހާރު ވެސް 800އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ކަމަށެވެ. މި ތައުލީމީ އަހަރު ނިމޭއިރު މި އަދަދު 1000އަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

" ސަލާޙުއްދީން ސްކޫލް ދެ ދަންފަޅިއަށް ބަދަލުކޮށްގެން ކަމުގައި ވިޔަސް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ ތައުލީމު ކަށަވަރު ކުރާނެ ވާހަކަ ދަންނަވަމެވެ. މިއީ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބޭނޭ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރަމެވެ." މިނިސްޓަރު ލިޔުއްވާފައި ވެއެވެ.

" މީގެ ކުރިން ވެސް އަޅުގަނޑު ފާހަގަކޮށްފައިވާނޭ ފަދައިން މި ހާލަތު މެދުވެރުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވާނެ މިންވަރު ދެނެގަނެ، އަންދާޒާ ކުރެވޭ ދަރިވަރުންގެ އަދަދަށް ރިއާޔަތްކޮށް ސްކޫލް އެޅުމުގައި އިހުމާލުވެފައި ވާތީއެވެ."

ޞަލާހުއްދީން ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލާފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *