ފުވައްމުލައް ސްކޫލްތަކުގެ މެދުގައި ކޮންމެ ރޯދަ މަހެއްގައި ބާއްވާ އިސްލާމް ދީނާއި ސައިންސް ފޯރަމް އަންނަ ހޯމަ ދުވަހު ފަށަން ތާވަލު ކޮށްފިއެވެ. މިއި މި ފޯރަމް އެ ކައުންސިލުން ކުރިއަށް ގެންދާ ފަސް ވަނަ އަހަރެވެ.
މިދިޔަ އަހަރު މި ފޯރަމް ކުރިއަށް ގެންދިޔައީ ޤުރުއާނާއި ސައިންސް ފޯރަމުގެ ނަމުގައެވެ.
މި އަހަރުގެ ފޯރަމްތަކުގައި ހަތް ސްކޫލަކުން ބައިވެރިވެއެވެ. މިދިޔަ އަހަރު ބައިވެރިވީ ހަ ސްކޫލަކުންނެވެ.
އެހެން އަހަރުތަކާ ޚިލާފަށް މި ފަހަރުގެ ފޯރަމްތައް ކުރިއަށް ގެންދާއިރު، ފޯރަމް އަޑުއެހުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަން ފުވައްމުލައް ކައުންސިލުން ވަނީ ނިންމާފައެވެ.

މި ފޯރަމުގައި ބައިވެރިވާ ކޮންމެ ސްކޫލަކަށް ވެސް ވަކި މައުޟޫއެއް ކަނޑައަޅާފައިވެއެވެ. މި ފޯރަމް މިމަހު 24ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.
advertisment
ހިޔާލު