މާލެ ސަރަޙައްދުގެ ހަތަރު މިސްކިތެއްގައި ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ނަމާދު ކުރަނީ

މާލެ ސަރަޙައްދުގެ ހަތަރު މިސްކިތެއްގައި ޒުވާން ޚަޠީބުން އިމާމުވެ ނަމާދު ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ވަނީ ޒުވާން ޚަޠީބުން މާދަމާ ހުކުރު ކުރާނެ ތާވަލް އާންމު ކޮށްފައެވެ. މާދަމާގެ ހުޠުބާ ޚާއްޞަ ކޮށްފައި ވަނީ ރުޅިމަޑުކުރުމުގެ މައްޗަށެވެ.

މާދަމާ ހުކުރު ނަމާދު ކުރާ ޒުވާން ޚަޠީބުން:

  • ސުލައިމް މުޙައްމަދު ލަޠީފު، މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ތޮއިބާ މިސްކިތް)
  • އަބްދުލް މަތީން މުޙައްމަދު، އީދު މިސްކިތް
  • ހުސައިން ޒައިން އަލީ، މަސްޖިދުލް އަމާނީ ( ހުޅުމާލެ)
  • ނައުފަން ނިޔާފު، މާލޭ ހުކުރު މިސްކިތް

ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ނަމާދު ކުރުމަށް ހިންގި ޕްރޮގްރާމް ފުރިހަމަ ކުރި 57 ދަރިވަރުންނަށް ވަނީ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *