ދެވަނަ ޓާމުގެ އިމްތިޙާން މާރޗް 27 އިން އަންނަ މަހުގެ 25ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގައި ބާއްވަން އަންގައިފި
ސްކޫލްތަކަށް އެޑިޔުކޭޝަން މިނިސްޓްރީން ފޮނުވި ސަރކިއުލަރ ނޯޓްގައި ބުނެފައި ވަނީ، 2023-2024 ދިރާސީ އަހަރުގެ ކަލަންޑަރުގައި 7ން 9ގެ ދަރިވަރުންގެ ދެވަނަ ޓަރމް އިމްތިޙާން ބާއްވަން ކަނޑައަޅާފައި ވަނީ 16 އެޕްރީލްއިން 27 އެޕްރީ އާ ދެމެދު ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚަކީ 21 އެޕްރީލް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން ސްކޫލްތަކުގެ ފަހު އިމްތިޙާން ފަށާ ދުވަހަށް ބަދަލު ބަދަލުކޮށްފައިވާ ކަމަށެވެ.
" ވީމާ ސްކޫލްތަކުގެ ދެވަނަ ޓަރމް އިމްތިޙާން 27 މާރޗްއިން 25 އެޕްރީލްއަށް 2024 އާ ދެމެދު ރަސްމީ ދުވަސްތަކުގައި ގުރޭޑް 7-8 އަދި 9ގެ ދެވަނަ ޓާރމްގެ އިމްތިހާން ބާއްވާ ނިންމެވުން ދަންނަވަމެވެ. " އެ ސަރކިއުލާގައި ބުނެފައިވެއެވެ.
އެ ސަރކިއުލާގައި ބުނެފައި ވަނީ 20 އެޕްރީލްވާ ހޮނިހިރު ދުވަހު އިމްތިޙާން ބާއްވާ ކަމުގައި ވާނަމަ އިލެކްޝަންސް ކޮމިޝަނުން ތިޔަ ކޮމިޝަނަށް ކަނޑައަޅާފައިޥާ ފޯކަލްޕޮއިންޓާއި މަޝްވަރާކުރުމަށް ފަހު ކުރިއަށް ގެންދަން ވެސް އެ ސަރކިއުލާގައި ބުނެފައިވެއެވެ.
advertisment
ހިޔާލު