މިނިސްޓްރީ އޮފް އޮފް އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޝިފާޒް މުޙައްމަދު ހަމަޖައްސައިފިއެވެ. ޝިފާޒު އެންމެ ފަހުން ހުންނެވި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށެވެ.

2009 ވަނަ އަހަރުން ފެށިގެން ތަޢުލީމީ ދާއިރާގައި ޝިފާޒު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ސޯޝަލް ސެކިއުރިޓީގައެވެ. އެތަނުގައި ހުންނަވައި ބެޗްލާސް ޑިގްރީ ނިންމިއިރު، އަޙްމަދިއްޔާ ސްކޫލުގައި ފިޒިކްސްއާއި ހިސާބު މާއްދާ ކިޔަވައިދެއްވިއެވެ. އޭގެ ފަހުން މަސައްކަތް ކުރެއްވީ ދަރުމަވަންތަ ސްކޫލުގައެވެ. އެ ސްކޫލުގައި 2009ން ފެށިން 2014 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ކުރެއްވިއެވެ. 2015ން 2016އަށް ދާންދޫ ސްކޫލުގައި މަސައްކަތް ކުރެއްވުމަށްފަހު، 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވީ ގދ. އޭއީސީ ޕްރިންސިޕަލެއްގެ ގޮތުންނެވެ.

ޝިފާޒް ވަނީ އާރޓްސް އެންޑް އެޑިޔުކޭޝަންގެ ދާއިރާއިން މާސްޓަރސް 2021 ވަނަ އަހަރު ހައްދަވާފައެވެ. އޭގެ ފަހުން ޕްރިންސިޕަލް ތަމްރީނު ކުރަން މެލޭޝިޔާގެ މަލާޔާ ޔުނިވަރސިޓީއާ ގުޅިގެން ހިންގި މާސްޓަރސް އޮފް އެޑިޔުކޭޝަން މެނޭޖްމަންޓް ކޯސް ފުރިހަމަ ކުރެއްވިއެވެ.
advertisment
ހިޔާލު