ދަރިވަރުންގެ އިޙްޔާ ފޯރަމް މިރޭ ފަށަނީ

ދަރިވަރުންގެ އިޙްޔާ ފޯރަމުން މިދިޔަ އަހަރު އެންމެ މޮޅު ހުށަހެޅުމެއް ހުށަހެޅި ސީއެޗްއެސްއީގެ ޓީމް: މިއީ މުބާރާތެއްގެ ގޮތަށް ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހަރަކާތެއް- ފޮޓޯ: ސީއެޗްއެސްއީ

ދަރިވަރުންގެ އިޙްޔާ ފޯރަމް މިރޭ ފަށާނެއެވެ. މި ފަހަރު މި ފޯރަމްގައި ބައިވެރިވަނީ މާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހަތަރު ސްކޫލަކުންނެވެ. އެއީ އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ސީއެޗްއެސްއީގެ އިތުރުން ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުންނެވެ.

މިރޭ ބާއްވާ ފޯރަމް ހުށަހަޅައި ދޭނީ އަރަބިއްޔާ ސްކޫލުންނެވެ. އެ ސްކޫލުން ހުށަހަޅައި ދެނީ، މަސްޖިދުލް އަޤްޞާއާއި މުސްލިމުންނާ ހުރި ގުޅުމަށެވެ.

މިފޯރަމް  ބާއްވަނީ ސްކޫލް ދަރިވަރުންގެ މެދުގައި ދީނާއިމެދު އޮންނަ ލޯބި އިތުރުކުރުވުމުގެ މަޤުޞަދުގައެވެ.

ސްކޫލްތަކުގެ ދަރިވަރުން ލައްވާ މި އިޙްޔާ ފޯރަމް ކުރިއަށް ގެންދަނީ ވަކި މައުޟޫއެއް ނެގުމަށްފަހު ސްކޫލްތަކަށް އެ މައުޟޫޢު ހަވާލުކޮށް ދުރާލާ ތައްޔާރުވެގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޢިލްމުވެރިން އެދަރިވަރުން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށާއި އަދި ތައްޔާރުކުރާ ޕްރެޒެންޓޭޝަން ނިމުމުން ރަނގަޅަށް ބެލުމަށްފަހު އެއްވެސް މަޢުލޫމާތެއް މަދުވާނަމަވެސް އެ މަޢުލޫމާތެއް ޢިލްމުވެރިން ފޯރުކޮށްދޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *