އިމާމުވެ ނަމާދުކުރުމާއި ޙުޠުބާ ކިޔުމުގެ ހުއްދަ 57 ދަރިވަރަކަށް

ޒުވާން ޚަޠީބުން ދަމްރީނު ކުރުމަށް ފެށި މަސައްކަތުގެ ފުރަތަމަ ބުރުގައި 57 ދަރިވަރަކަށް އިމާމުގެ ނަމާދު ކުރުމާއި ހުޠުބާ ކިޔުމުގެ ހުއްދަ ދީފިއެވެ. ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ހުއްދަ ދިނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕޮރޮގްރާމުގައި ބައިވެރިވާން ހުޅުވާލުމުން 160 ދަރިވަރުން ބައިވެރިވިއެވެ. ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ކުރިމަތިލި ދަރިވަރުންނާ އިންޓަވިއު ކޮށްގެންނެވެ. އިންޓަވިއުއިން ފާސްވި 77 ދަރިވަރުންނާއެކު ޕްރޮގްރާމުގެ އަމަލީ ތަމްރީނުތައް ކުރިއަށް ގެންދިޔައީ މި މަހުގެ 6ން 9އަށެވެ. ސެޓްފިކެޓް ހާޞިލް ކުރީ 57 ދަރިވަރުންނެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދިނީ، އަޤީދާގެ ބަޔާއި ފަންނުލް ޚިޠާބާއާއި މަސްޖިދު މެނޭޖްމަންޓާއި ފިޤުހާއި ތަޖުވީދާއި ޙިފުޒުކުރުމާއި އިސްލާމީ އަޙްލާޤެވެ.

ހުއްދަ ދިން ދަރިވަރުން ރޯދަ މަހުގެ ތެރޭގައި އިމާމުވެ ހުކުރު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ބައެއް މިސްކިތްތަކުގައި ރޯދަ މަހު ތަރާވީޙް ނަމާދުވެސް ބައެއް ދަރިވަރުން އަންނަނީ އިމާމުވެ ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *