ކަލާފާނުގެ އެންމެ މޮޅު ދަރިވަރުންނަށް ހުސައިން ޔަމީންއާއި އަޙްމަދު ރާއިފު ނަސީމް އަދި ޒަހުވާ އިބްރާހިމް ޒާހިދު ހޯދައިފިއެވެ. ޔަމީންއަކީ ފާއިތުވި 2023-2022 ވަނަ އަހަރުގެ އެ ސްކޫލުގެ ބެސްޓް އޯލް ރައުޑް އެއްވަނަ ދަރިވަރެވެ. ރާއީ ދިޔައީ ދެވަނަ އަށެވެ. ތިން ވަނައަށް ދިޔައީ ޒަހުވާއެވެ.
އެންމެ މޮޅު ދަރިވަރުންނަށް އިނާމް ހަވާލުކޮށް ދެއްވީ މަތީ ތަޢޫލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.

އެއްވަނައަށް ދިޔަ ޔަމީން އަކީ ފާއިތުވި އަހަރު ކަލާފާނު ސްކޫލުގެ ކެޕްޓަނެވެ. ޔަމީން ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. އަދި ހިސާބު މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައެވެ. ދެ ވަނައަށް ދިޔަ ރާއިފުއަކީ ފާއިތުވި އަހަރު ކަލާފާނު ސްކޫލުގެ ގޭމްސް ކެޕްޓަނެވެ. އޭނާ ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދާފައެވެ. ތިންވަނަ އަށް ދިޔަ ޒަހުވާ ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ އެއް ވަނަ ހޯދާފައެވެ.
ފާއިތުވި އަހަރު 1544 ދަރިވަރުން ދެ ދަންފަޅިއަށް ކަލާފާނު ސްކޫލުން ކިޔަވަމުން ދިޔައެވެ. އޭގެ ތެރެއިން ސާނަވީ ނިންމާ އިމްތިޙާނުގައި 127 ދަރިވަރުން ބައިވެރިވިއިރު، ފަސް މާއްދާއިން 70 އިންސައްތަ ދަރިވަރުން ފާސްވިއެވެ. އަދި 22 ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.
advertisment
ހިޔާލު