ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން، "އޯޑިއޯ ބުކް" ނެރެނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މިހާތަނަށް ނެރެފައިވާ ހުރިހާ ފޮތްތަކެއްގެ ޑިޖިޓަލް ކޮޕީއާއި އޯޑިއޯ ނެރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރަނީ ލޯފަން ކުދިންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެހީގައި އިސްލާމިކް ޔުނިވަރސިޓީންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ވުޒާރާގެ ވެބްސައިޓް، އާ ޚިދުމަތްތަކާއެކު އަންނަ މަހު އިފްތިތާޙު ކުރަން ނިންމާފައިވާ ކަމަށާއި އެ ވެބްސައިޓުގައި އިސްލާމީ ލައިބްރަރީއެއްގެ ޚިދުމަތާއި، އޯޑިއޯ އަޑު އެހޭނެ ކަމަށެވެ.

ވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޑރ. ޝަހީމް ވިދާޅުވެފައި ވަނީ، ޢިލްމީ ދިރާސާތައް ކުރުމާއި ފޮތްތައް ތަރުޖަމާ ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *